ads
ލ ކައްދޫ
ސިފައިންގެ މީހަކު ގެއްލުން: ސަލާމަތްކުރަން އުޅެނިކޮށް ރަހުމަތްތެރިޔާ ވެސް ގެބުނީ!
ލ.ކައްދޫގެ އިރުމަތީ ފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެެއިން ގެއްލުނު ލާންސް ކޯޕަރަލް ހުސެއިން ފާރިޝް ގެއްލިފައިވަނީ، މޫދަށް ފާބާ އުޅެނިކޮށް އާ އޮއިގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފްއިން މިހާރު ދީފައިވާ މައުލޫމާތުތަކުން އެގެއެވެ. މި ހަތަރު ސިފައިންވެސް މޫދަށް ގޮސްފައިވަނީ "ޑިޔުޓީ އޮފް" ގަނޑީގައި ހިތްހަމަ ޖައްސާލުމަށެވެ. ނަމަވެސް ކުރިމަތިވީ ހީވެސް ނުކުރާ ވަރުގެ ބޮޑު ހާދިސާއެކެވެ.

މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެެއިން ލާންސް ކޯޕަރަލް ފާރީޝް ގެއްލިފައިވާއިރު، އޭގެތެރެއިން އެކަކަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އޭނައަށް ފަރުވާދެމުންދަނީ ގެނބިގެން ކަަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. 

އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި ހޮސްޕިޓަލްގައި މިވަގު ފަރުވާ ދެމުންދާ ސިފައިންގެ މީހާ ގެނބުނީ، ގެއްލިފައިވާ ފާރިޝް އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާތީ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރެއިން ނެވެ. ނަމަވެސް ފާރިޝް ސަލާމަތް ކުރެވޭގޮތް ވަނީ ނުވެފައެވެ. އޮއިގަނޑުގައި ޖެހި ފާރީޝް ގެއްލުނުއިރު، ހޮސްޕިޓަލަށް ގެންދެވުނު ސިފައިންގެ މީހާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ގެއްލުން ފާރިޝް ހޯދުމަށް ހުއްޓާނުލާ އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޯސްޓް ގާޑުގެ ޑައިވަރުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

13%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް