ads
އިއްލަ އަދި ރަނޭ
ވޮލީ އެސޯސިއޭޝަންގެ ރައީސް ކަމަށް ރަނޭ އަދި އިއްލަ
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަގާމަށް މުޙައްމަދު ރަނޭޝް އަދި އިލްޔާސް ވަޙީދު ކުރިމަތިލައްވައިފިއެވެ. މައްސަލަ ބޮޑުވި، ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ވޮލީގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރުވަނީ ހަމަވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ރައީސްކަމަށް ކުރިމަތިލާފައިވަނީ ރަނޭ އަދި އިއްލައެވެ.

ރަނޭއަކީ، މައްސަލަ ގަނޑެއްގެ ތެރޭގައި ވޮލީ އެސޯސިއޭޝަން މިދިޔަ ދުވަސްތަކުގެ ތެރޭގައި އޮތް އިރު ރައީސްކަމުގެ މަގާމުގައި ހުންނެވި ލަތީބެ ޓީމުގައި އެންމެ ކުރިން ހިމެނުނު އެކަކެވެ. ވީއޭރު ރަނޭ ހުރީ ލަތީބެ ޓީމުގެ ޚަޒާންދާރަކަށެވެ. ފަހުން ސީނިއާ ވައިސް ޕްރެޒިޑެންޓް ކަމަށް ހަމަ ޖެއްސި ނަމަވެސް ރަނޭ ވަނީ ދެހާސް އަށާރަވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދީފައެވެ.  

އިއްލެއަކީ ކުރިން ހުރި ރައީސް ރިޔާޒްގެ ނާއިބަކަށް ވޮލީ އެސޯސިއޭޝަންގައި ކުރިން ހުރި މީހެކެވެ. ރިޔާޒްގެ ޓީމާ އެކު އިއްލެވަނީ ދެހާސް އަށްވަނަ އަހަރުން ފެށިގެން ދެހާސް ތޭރަވަނަ އަހަރާ ހަމައަށް ނާއިބް ރައީސްކަން ކޮށްފައެވެ.

ބުރާސްފަތި ދުވަހު އޮންނަ ވޮލީގެ އިންތިހާބުގައި ހޮވާނީ ރައީސާއި، ނައިބު ރައީސާއި، ޚަޒާންދާރާއި، ޓެކްނިކަލް އެންޑް ޑިވެލޮޕިމެންޓް ކޮމިޝަނުގެ ތިން މެންބަރުންނާއި، ރޫލްސް ކޮމިޝަނުގެ ތިން މެންބަރުންގެ އިތުރުން ބީޗްވޮލީ ކޮމިޝަނުގެ ހަ މެންބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް