ads
ބިދޭސީން މަސައްކަތް ކުރަނީ
ވޯކް ޕާމިޓަށް ހުށަހަޅާއިރު އިނގިރޭސި ލިޔެކިއުން ހުށަހެޅުމަށް އެދެފި
ވޯކް ޕާމިޓަށް އެދި އެޕްލިކޭޝަން ހުށަހަޅާއިރު، ހުރިހާ ލިޔެކިއުމެއް އިނގިރޭސި ބަހުން ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެދިއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވޯކް ޕާމިޓް އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ ތެރޭ އިނގިރޭސި ބަސް ނޫން އެހެން ބަހަކުން އޮތް ތައުލީމީ ނުވަތަ އެހެންވެސް ސެޓްފިކެޓެއް ނުވަތަ ލިޔުމެއް ދެން ބަލައިގަންނާނީ، އެ ލިޔުމެއް އިނގިރޭސި ބަހުން ހުށަހެޅުމުން ކަމަށެވެ.

އެގޮތުން އެ ސެޓްފިކެޓް ނުވަތަ ލިޔުން ދޫކޮށްފައިވާ މަރުކަޒަކުން އެ ސެޓްފިކެޓް ނުވަތަ ލިޔުމުގެ އިނގިރޭސި ތަރުޖަމާ (އަސްލާ އެއްގޮތްކަން ބަޔާންކޮށް) ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައި ވެއެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކުރިމަތިވި ދަތިތަކާއި ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ގެނެވޭ ބިދޭސީންނަށް ދޫކުރަމުން އައި ސްޕެޝަލް އެކްސްޓެންޝަންގެ ހިދުމަތް ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށް އެ މިނިސްޓްރީން މިރޭ ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ. 

ސްޕެޝަލް އެކްސްޓެންޝަންގެ ހިދުމަތަކީ ކޮވިޑްގެ މިހާލަތުގައި ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ރާއްޖެއަށް އެތެރެ ވުމަށް ދޫކުރާ ހުއްދަ (ވާކް ޕާމިޓް އެންޓްރީ ޕާސް އަދި ކުރިން އަމަލު ކުރަމުން ދިޔަ ގަވައިދުގެ ދަށުން ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް)ގެ ދަށުން ރާއްޖެއެތެރެވުމަށް ދެވޭ 90 ދުވަހުގެ ތެރޭ ރާއްޖެ އެތެރެ ވުމަށް ކުރިމަތިވި ދަތިތަކާއި ގުޅިގެން އެ މިނިސްޓްރީން ފޯރުކޮށްދޭން ފެށި ހިދުމަތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް