"ހެލޯ ފްރޮމް ޕެރަޑައިޒް" ޖެހުމަށް ފަހު މަދޫރީ، އިންސްޓަގްރާމު މެދުވެރިކޮށް ދޫކޮށްލި ފޮޓޯ އިން ފެންނަނީ ސޮނެވާ ޖާނީގައި އޭނާ ޗުއްޓީ ހޭދަކޮށްލަން އައިސް އުޅޭ މަންޒަރެވެ.
މަދޫރީ
އެއާއެކު ރާއްޖެއަށް މަރުހަބާ ކިޔާއި، އިންޑިއާގެ މަޝްހޫރު ކޮރެއޯގްރާފަރު، ފަރާހް ހާން ވެސް ކޮމެންޓްކުރި އެވެ. މިވަގުތު ފަރާހް ވެސް އޭނާގެ ދަރިންނާއެކު ހުރީ ރާއްޖޭގަ އެވެ. އޭނާ ވެސް އަންނަނީ ޗުއްޓީގެ މަންޒަރުތައް ސަޕޯޓަރުންނަށް ހިއްސާކުރަމުންނެވެ.
ފަރާގެ ދަރިން--
މަދޫރީ އެންމެ ފަހުން ފެނިގެންދިޔައީ ކަރަން ޖޯހަރުގެ "ކަލަންކް" އިންނެވެ. އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ ޑިޖިޓަލް ސީރީޒް އެކެވެ.