ads
ގޮތް ހުސްވެފައިވާ ދަރިވަރެއް
ރަނގަޅު ވަޒީފާއެއް ހޯދުމަށް ކިޔެވުމުގެ ބޭނުމެއް ނެތް!
ރާއްޖޭގެ އަދުގެ ހާލަތަށް ބަލައި ރަނގަޅު ވަޒީފާއެއް ހޯދުމަށް މޮޅަށް ކިޔެވުމުގެ ބޭނުމެއް ނެތް ކަމަށް ގިނަ ދަރިވަރުންތަކެއް ގަބޫލު ކުރެއެވެ.

ކަން މިހެން އޮތީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެގޮތުން ކިޔަވަމުންދާ އިރު ވަޒީފާ ނުލިބޭ މައަސަލައަކީ ދަރިވަރުން އަބަދުވެސް ކުރާ ޝަކުވާއެކެވެ. ކިޔަވަމުންދާ ދުވަސް ވަރުގައި ވަޒީފާއެއް ނުލިބުމުގެ ސަބަބުން ގިނަ ދަތި ތަކަކާއި ދަރިވަރުން ވަނީ ކުރިމަތިލާން ޖެހިފައެވެ. 

އަސްލު ވަޒީފާއެއް ނުލިބޭތީ ވަރަށް އުނދަގޫ. ކޮންމެ ތަނަކުން ވެސް ބުނަނީ ކިޔަވަން ދާން ފުރުސަތު ނުލިބޭނެ ކަމަށް ވަޒީފާގައި އުޅެންޔާ. އެހެން ނޫނީ ތައުލީމީ ފެންވަރު އަދި އެމީހުން ބޭނުންވާ ވަރަށް ނެތް ކަމަށް. ދެން އެހެންވެ ގޭ ކުލި ދައްކާފައި އެހެން ހަރަދުތައް ކުރަން ވަރަށް އުނދަގޫ- ދަރިވަރެއް

ކޮންމެ އަކަސް މިފަދަ ހާލެއްގައި ގިނަ ދަރިވަރުންތަކެއް ދަނީ ކިޔަވާ ނިންމަމުންނެވެ. ޑިގްރީ ނިންމުމަށް ފަހު އަނެއްކާވެސް ވަޒީފާތަކަށް ކުރިމަތިލުމުން ތައުލީމީ ފެންވަރުގެ މައްސަލައެއް ނުޖެހޭނެތާއެވެ. މިފަހަރު މި ޖެހެނީ ތަޖުރިބާގެ މައްސަލައެވެ.

ޑިގްރީ ސެޓްފިކެޓާއެކު ގްރޭޖުއޭޓް ވާއިރު ކޮންމެ މީހެއް އެބަ ބުނޭ އެކްސްޕީރިއެންސް ހުންނަން ޖެހޭނެއޭ. އެކަމަކު ކިޔަވަމުން ދާއިރު އެމީހުން އެބުނާ އެކްސްޕީރިއެންސް ހޯދަން ވަޒީފައަށް އެޕްލައި ކުރާއިރު ޖޮބެއް ލިބެނީކީ ނޫން. އާއިލާ މީހަކަށް ނޫނީ ރައްޓެއްސަކަށް ނޫނީ ވަޒީފާ ނުދެވޭ. ދެން ކިހިނެއް އެކްސްޕީރިއެންސް ހޯދާނީ؟ އެކްސްޕީރިއެންސް ލިބޭނީ އެފުރުސަތު ދީގެންނު. އަޖައިބެއް މީ ދެން -ދަރިވަރެއް

ތިން އަހަރު ދުވަހުގެ ބުރަ މަސައްކަތުން ހޯދި ޑިގްރީގެ ބޭނުން ވެސް ނެތުނީ އެވެ. މާލެއަށް އައިސް އުޅޭ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅުވިފައި އޮންނަ ކުލިތައް ދައްކާފައި އަތުގައި ލޯ ލާރިއެއްވެސް ނޯވެއެވެ. ގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހެ އެވެ.

އެނބުރި ރަށަށް ދާއިރު ރަށުގައި ވެސް ހެޔޮ އެއްގޮތެއްވެސް ނެތެވެ. އަތޮޅު ތެރޭގެ ރަށްތައް ތަރައްގީވެފައިވާ މިންވަރު ކުޑަވުމުގެ ސަބަބުން ރަށުގައި އޮންނަނީ ދެތިން ވަޒީފާއެވެ. ގިނަ ފަހަރަށް އެތަންތަނުގައި އުޅޭ މީހުން އޮންނަނީ އެތަނަށް އަތް ގަދަ ކޮށްލާފައެވެ. ނޫނީ ދެން ޖެހެނީ ޑިގްރީ ނަގައިގެން ގޮސް ކިޔެވި އެއްޗެއްގެ ފުރިހަމަ ބޭނުން ނުހިފޭ ވަރުގެ ވަޒީފާއަކަށް ދާށެެވެ. 

ކަން މިހެން އޮތް އިރުގައި ސިވިލް ސާވިސް ވަޒީފާތަކަށް މުވައްޒަފުން އައްޔަނުކުރުމުގައި ބަލަންވާނީ އެންމެ އިލްމީ ފެންވަރު ރަނގަޅު މީހުން އައްޔަނު ކުރުމަށާއި އިލްމީ ފެންވަރު ހަމަހަމަ ނަމަ އިސްކަން ދޭން ވާނީ އެދާއިރާއެއްގެ މަސައްކަތުގެ ފެންވަރާއި ތަޖުރިބާއަށް ރިއާޔަތް ކޮށްފައި ކަމަށް ބުނާ މާއްދާ އުވާލުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ހުށަހަޅުއްވާފައެވެ. 

މި ބިލާއި މެދުގައި ނުރުހުން ފާޅު ކުރަށްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ ބަހުސް ކުރައްވާފައެވެ. އެގޮތުން މި ބިލަކީ ގާނޫނުގެ ތެރެއިން ހޯދާ ވަރަށް ބޮޑު ނަހަމަ އިންސާފެއް ކަމަށާއި، މިއީ ކަމަށް ގާބިލް ނޫން އެކަށީގެންނުވާ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް ކުރާ ކަމެއް ކަމުގައިި މެމްބަރު ހުސައިން ވަނީ ވިދާޅުވެފައެވެ. 

މި މާއްދާ އުވާލައިފި ނަމަ ކުރިމަގުގައި ކިޔަވައިގެން ތިބި ދަރިވަރުންނަށް ވަރަށް ބޮޑު ގެއްލުންތަކެއް ވާނެ ކަން ޔަގީނެވެ. އޭރުން ހަމަ ހަގީގަތުގައި ވެސް ރަނގަޅު ވަޒީފާއެއް ހޯދުމަށް ކިޔެވުމުގެ ބޭނުން ކެނޑޭނެ އެވެ.

4%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
62%
ވަރަށް ސަލާމް
ކޮމެންޓްސް