އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާއާ ކޮންޓެކްޓްވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލް މިހާރު ނަގާފައި ވާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ނަމަވެސް މިހާތަނަށް ނެގި އެއްވެސް ސާމަޕަލެއް ޕޮޒިޓިވްވެފައި ނުވާ ކަމަށާއި، އޭނާ އާއި އެއްކޮށް މޫދަށް ފޭބި މީހުންގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ފާރިޝްގެ ހަށިގަނޑު ފެނިފައިވަނީ ކަނޑު އަޑީގައި އޮއްވާ އޭނާ ހޯދުމުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ކޯސްޓް ގާނޑުގެ ޑައިވަރުންނަށެވެ. ރޭ 20:50 ހާއިރު އޭނާގެ ހަށިގަނޑު ފެނިފައި ވަނީ 12 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.