ads
ގައްސާން މައުމޫން-- ފޮޓޯ: މަޖިލިސް
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ގައްސާން މައުމޫން ފުލުހަށް ހާޒިރުކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ފުލުހަށް ހާޒިރުކޮށްފި އެވެ.
Advertisement
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ފުލުހަށް ހާޒިރުކޮށްފި އެވެ.

ގައްސާން ފުލުސް އޮފީހަށް ހާޒިރުވެފައި ވަނީ މިރޭ 9:30 ހާއިރު އެވެ.

އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައިވާ އެމްއެމްޕީއާރްސީގެ ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނޭތީ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ގައްސާނު އަދިވެސް ފުލުސް އޮފީހުގައި ހުރިއިރު އެކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް