ads
"އައްޑޫ ބިޒްނަސް ޑައިލޮގް" ރަސްމީކޮށް ފެށުން: މިއީ އީ އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަގުޞަދުގައި ބާއްވާ ބައްދަލުވުމެއް
އައްޑޫ ބިޒްނެސް ޑައިލޮގް މިއަދު ފަށައިފި
އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ އައްޑޫ ބިޒްނެސް ޑައިލޮގް ފަށައިފި އެވެ.
Advertisement

މިމަހުގެ 13 އިން 14 އަށް ކުރިއަށް ގެންދާ މި ޑައިލޮގްގެ ތެރެއިން އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގައި ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ.

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ސަރުކާރުގެ އަމާޒަކީ މިފަދަ ބައްދަލުވުންތަކުގެ އެހީގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އިގްތިސާދީ ފުރުސަތުތައް ފުޅާކޮށް، އިގްތިޞާދު ވަރުގަދަކުރުންކަމަށެވެ.

މި މަސައްކަތުގެ ސަބަބުން އައްޑޫ ސިޓީގެ އިގްތިސާދީ ދުވެލި ހަލުވިވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.

އައްޑޫ ބިޒްނަސް ޑައިލޮގް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ކުރިމަގުގައި ދުނިޔެއަށް އަންނަ ޑިޖިޓަލް ކުރިއެރުމުގައި އައްޑޫ އަކީ މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށެވެ. އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް އައްޑޫގައި ގާއިމް ކުރަން ގޫގުލްއިން ނިންމާފައިވާތީ އެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓާއެކު އައްޑޫ ވެގެންދާނީ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ޑިޖިޓަލް ސެންޓަރަކަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;