ads
އިއްލަ އަދި ރަނޭ
ވޮލީގެ އިންތިހާބު މިއަދު
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު މިއަދު އޮންނާނެއެވެ. މައްސަލަ ބޮޑުވި، އިންތިހާބުގައި އެސޯސިއޭޝަންގެ ރައީސް ކަމަށް ވާދަކުރާނީ މުޙައްމަދު ރަނޭޝް އަދި އިލްޔާސް ވަހީދު އެވެ.

ރަނޭއަކީ، މައްސަލަ ގަނޑެއްގެ ތެރޭގައި ވޮލީ އެސޯސިއޭޝަން މިދިޔަ ދުވަސްތަކުގެ ތެރޭގައި އޮތް އިރު ރައީސްކަމުގެ މަގާމުގައި ހުންނެވި ލަތީބެ ޓީމުގައި އެންމެ ކުރިން ހިމެނުނު އެކަކެވެ. ވީއޭރު ރަނޭ ހުރީ ލަތީބެ ޓީމުގެ ހަޒާންދާރަކަށެވެ. ފަހުން ސީނިއާ ވައިސް ޕްރެޒިޑެންޓް ކަމަށް ހަމަ ޖެއްސި ނަމަވެސް ރަނޭ ވަނީ ދެހާސް އަށާރަވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދީފައެވެ.   

އިއްލެއަކީ ކުރިން ހުރި ރައީސް ރިޔާޒްގެ ނާއިބަކަށް ވޮލީ އެސޯސިއޭޝަންގައި ކުރިން ހުރި މީހެކެވެ. ރިޔާޒްގެ ޓީމާ އެކު އިއްލެވަނީ ދެހާސް އަށްވަނަ އަހަރުން ފެށިގެން ދެހާސް ތޭރަވަނަ އަހަރާ ހަމައަށް ނާއިބް ރައީސްކަން ކޮށްފައެވެ.

މިއަދު އޮންނަނ ވޮލީގެ އިންތިހާބުގައި ހޮވާނީ ރައީސާއި، ނައިބު ރައީސާއި، ހަޒާންދާރާއި، ޓެކްނިކަލް އެންޑް ޑިވެލޮޕިމެންޓް ކޮމިޝަނުގެ ތިން މެންބަރުންނާއި، ރޫލްސް ކޮމިޝަނުގެ ތިން މެންބަރުންގެ އިތުރުން ބީޗްވޮލީ ކޮމިޝަނުގެ ހަ މެންބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް