ads
ޕާކިސްތާނުގެ ލޯބޮޑު ކުރާ ކުއްޖެއް
ޕާކިސްތާނުގެ ލޯބޮޑު ކުއްޖާ އެނގެނީ ކޮންބަޔަކަށް؟
ދުނިޔޭގެ އެކި ތަންތަނުގައި ހާއްސަ ހުނަރު ހުންނަ މީހުންގެ ވާހަކަ އަޅުގަނޑުމެން އަބަދުވެސް ދައްކައި އުޅެމެވެ. އެގޮތުން މިފަހަރު މިއޮތީ ޕާކިސްތާނުގައި އުޅޭ ލޯ ބޮޑު ކުރާ ކުއްޖެއްގެ ވާހަކައެވެ.

އުމުރުން 14 އަހަރުގެ މުހައްމަދު އަހުމަދު ހާން އަކީ އެހެން އިންސާނުންނާއި ހިލާފަށް ވަރަށް ބޮޑަށް ލޯ ހުޅުވުމުގެ ހުނަރު ލިބިފައިވާ ކުއްޖެކެވެ. އެގޮތުން އޭނާގެ ލޯ 10 މިލިމީޓަރު ބޭރަށް ނެރެވޭ ކަމުގައި ވެއެވެ. 

އާންމު ދިރިއުޅުމުގައި މިކަން ފާހަގަ ނުވި ކަމުގައި ވިޔަސް އޭނާއަށް ލިބިފައިވާ ހާއްސަ ހުނަރު ބޭނުން ކޮށްގެން ދެލޯ ވަރަށް ބޮޑަށް ބޭރަށް ނެރެ ބޮޑު ކޮށްލެވެއެވެ. އަދި އޭނާ ބޭނުން ވެއްޖެ ނަމަ ވަކިން އެއްލޯ ވެސް މިގޮތަށް ނެރެލެވޭއިރު، މިފަދައިން ލޯ ނެރެފައި އިންނަ އިރު އޭނާ ފެންނަނީ ބަލާލަން އުނދަގޫ ބިރުވެރި ގޮތަކަށެވެ.

ޕާކިސްތާނުގެ ލަހޯރަށް ނިސްބަތްވާ މި ކުއްޖާގެ އުންމީދަކީ ކޮންމެސް ދުވަހަކުން ދުނިޔޭގެ ރިކޯޑް ފޮތަށް އޭނާގެ މި ހާއްސަ ހުނަރުގެ ވާހަކަ އެރުމެވެ.

މިކުއްޖާގެ ލޯ މިގޮތަށް ނެރެލުމަށް އަތުގެ އިނގިލިތައް ބޭނުން ކުރި ނަމަވެސް ޕަޕާއޭ ނަމަކަށް ކިޔާ މީހެއް މި ހުނަރު ދައްކާލަނީ އަތުގެ ބޭނުން ވެސް ނުކޮށެވެ. އަދި މި ހުނަރު ދައްކާލުމަށް ފަހު ސަކަ ހިނިގަނޑެއް އޭނާ ޖަހާލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް