ads
ޑރ. ޖަމީލު- ފޮޓޯ:އަވަސް
ކަރުދާސް ކުންފުންޏަކުން ބަދަލެއް ނުލިބޭނެ: ޖަމީލް
ކަރުދާސް ކުންފުންޏަކުން ބަދަލެއް ނުލިބޭނެ ކަމަށް ކުރީގެ ނައީބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ، ވެންޓިލޭޓަރު ކޮރަޕްޝަން މައްސަލައިގައި ދައުލަތުން ހަރަދު ކުރި ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ނިންމާ، އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ވެންޓިލޭޓަރު ކޮރަޕްޝަނަކީ ސައްހަ މުއާމަލާތެއް ނޫން ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އެ އަމަލަކީ ގިނަ ކުށްތަކެއްގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށާއި ކަރުދާސް ކުންފުންޏަކުން ބަދަލެއް ނުލިބޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. 

ޖަމީލް ވަނީ ފައިސާ ހޯދުމުގެ ގޮތުން ކުށްކުރި މީހުންގެ މާލިއްޔަތު ނުބެލެންވީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި އާބިޓްރޭޝަންގެ ވާހަކައިން މިކޮރަޕްޝަންގެ މިސްރާބު ބަދަލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. 

ވެންޓިލޭޓަރު މައްސަލައިގައި ރާއްޖެއިން އާބިޓްރޭޝަނަށް ދާން އެޓާނީ ޖެނެރަލް އޮފީހުން ތައްޔާރު ވަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން މިހާތަނަށް ސަރުކާރުން އައީ ހެލްތް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން، ފައިސާ ދައްކާފައިވާ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތްތައް ކުރަމުން ކަމަށާއި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ނަތީޖާއެއް ހާސިލު ކުރެވިފައި ނުވާ ކަމަށް މަބުރޫކް ވިދާޅުވެފައިވެއެވެ. އަދި މި މައްސަލައިގައި ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް ދިއުމަށް ތައްޔާރު ވަމުން އަންނަ ކަމަށް މަބުރޫކް ވިދާޅުވިއެވެ. 

މީގެ އިތުރުން އާބިޓްރޭޝަނަށް ދަނީ ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމަށް ސަރުކާރުން ހަރަދު ކުރި ފައިސާ އަނބުރާ ހޯދުމަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް