ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޑޮކްޓަރުންނަށް ބޮޑެތި ފްލެޓްތަކަށް ބަދަލުވުމުގެ ފުރުސަތު ދެނީ
ހިޔާ ފުލެޓްޓައް ލިބިފައިވާ މީހުންގެ ތެރެއިން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުގެ ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުވުވާލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކާ ގުޅޭގޮތުން މައުލޫމާތު ދެމުން މަބްރޫކް ސީއެންއެމްއަށް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ތެރެއިން، ފަންނީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް ވަނީ އެ ފުރުސަތު ހުވުވާލާފައި ކަމަށެވެ.

އަދި، ސަރުކާރުން މިހާރު ދަނީ އެ ފުރުސަތުގެ ބޭނުން ހިފާ ފްލެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

"މިމަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރިކަމަށާއި، ނަމަވެސް ފްލެޓް ކޮމިޓީގެ ފަރާތުން އިތުރަށް ބެލުމަށް ބުނެފައިވާ ކަންކަން އެއްކޮށް ބަލާ ނިމިފައި ނުވާތީ. އެގޮތުން ލިސްޓުގެ ބޮޑު ބައެއް މިހާރު ވަނީ ފައިނަލައިޒް ކުރެވިފަ. އިތުރަށް އޮޅުން އަރާފަދަ ބައެއް ކަންކަމާއި ގުޅިގެން އެހެން މުވައްސަސާތަކުން ލިބެންޖެހޭ ބައެއް ލިއުންތައް ހޯދައި ވެރިފައިކުރުންފަދަ ބައެއް މަސައްކަތްތައް އަދި ނުނިމި ހުރީ،" -މަބްރޫކް-

މަބްރޫކް ވިދާޅުވީ، ކުރިއަށް އޮތް މަހުގެ ތެރޭގައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށާއި، އެކި މީހުންނަށް ލިބެންޖެހޭ އެޕާޓްމަންޓްތައް ގުރުއަތުލުމުގެ މަސައްކަތް ކުރަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް އެޗްޑީސީން ވަމުން އަންނަ ކަމަށެވެ. 

މީގެއިތުރުން މަބްރޫކް ވިދާޅުވީ، ޑައުންޕޭމަންޓަށް ދައްކަންޖެހޭ އަދަދެއް އަދި ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށާއި، މިހަފްތާގެ ތެރޭގައިވެސް ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާކުރެވުނު ކަމަށެވެ. ނަމަވެސް އަދި ސީދާ އަގެއް ހާމަކުރެވޭވަރު ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް