ads
ފޮޓޯ--އެޗްޑީސީ
އެޗްޑީސީގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލުކޮށްފި
ސަރުކާރުގެ ވަޒީފާތައް ޑީސެންޓަރަލައިޒް ކުރުމުގެ ދަށުން އެޗްޑީސީ ގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލްކޮށް ހުޅުވައިފި އެވެ.

އެޗްޑީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޕްލޭންތަކެއް އެކުލަވާލެވި ހުޅުމާލެ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް އެކި ފެންވަރުގައި ވަނީ ހިންގިފައި ކަމަށެވެ.

އަދި އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ހުޅުމާލެ ފަދައިން އިތުރު ރަށްތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒު ކަނޑައެޅި ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން "ބިޔޯންޑް ހުޅުމާލެ" ގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖޭގެ އެއްމެ ބޮޑު އެއް ސިޓީ ކަމުގައިވާ ފުވަމުލައް ސިޓީގައި އެކުންފުނީގެ ކޯލް ސެންޓަރެއް ވަނީ ރަސްމީކޮށް ހުޅުވިފައި ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. އެޗްޑީސީގެ 1516 ހޮޓްލައިންވެސް ވަނީ މިއަދު އިފްތިތާހްކުރައްވާފައެވެ.

ފުވަމުލަކުގައި މިއަދު އިފްތިތާހު ކުރެވިގެން ދިއަ ކޯލް ސެންޓަރަކީ، އެ ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވާ އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅިގެންދިއަ މުހިއްމު ފިޔަވަޅެއް ކަން ފާހަކުރަމުން އެޗްޑީސީއިން ބުނެފައި ވަނީ އެ ކުންފުންޏާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެކި ބޭނުންތަކަށް ކުންފުންޏަށް ގުޅާ ހިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ކޯލް ސެންޓަރުގެ މައިގަނޑު އެއް އަމާޒް ކަމަށެވެ.

your imageފޮޓޯ--އެޗްޑީސީ

އޭގެ އިތުރުންވެސް އެ ކޯލް ސެންޓަރުގެ ސަބަބުން ފުވަމުލައް ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެ ކުންފުންޏާއި ފުވަމުލަކުގެ ރައްޔިތުންނާ ކައުންސިލް އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ފުވަމުލައް ތަރައްގީކުރުމަށް އެޗްޑީސީގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމުގައި މިކުންފުނިން ގަބޫލުކުރާކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވާޗުއަލްކޮށް ބޭއްވުނު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވަނީ ކޯލް
ސެންޓަރުގެ ސަބަބަބުން ކުންފުނިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި ފުވަމުލަކުގެ ރައްޔިތުންނާއި އެ ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.

އެރަސްމިއްޔާތުގެ ބައިވެރިންނާއި ވާހަކަފުޅު ކަފުޅުދައްކަވަމުން ފުވަމުލަކުގެ މޭޔާ އަބްދުﷲ ފަލާހް ޝަރީފް ވަނީ ފުވަމަލުކު ކައުންސިލްގެ ވިސްނުން ހުރީ ހަމައެކަނި ކޯލް ސެންޓަރަކަށް ނޫންކަމަށާއި، އެޗްޑީސީގެ އާބަން ސިޓީއެއް ތަރައްގީކުރުމުގެ ފުރިހަމަ ތަޖުރިބާގެ އަލީގައި ފުވަމުލަކަށް އެތައް ތަރައްގީއެއްގެނައުން ކަމުގައި ފާހަގަކުރައްވާފައި ވެއެވެ.

your imageފޮޓޯ--އެޗްޑީސީ

އަދި ރާއްޖޭގެ ރަށްތައް ލާމަރުކަޒީކޮށް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވަމުންގެންދާވާ މަސައްކަތްތައް ފާހަގަކުރައްވާ މިއަދު ފެށިގެން މިދިއަ ގުޅުމުގެ ސަބަބުން މިކަން ފުރިހަމަކުރުމުގެ މަގު ވަރަށް ބޮޑަށް ފަހިވެގެން ދިއަކަން ވެސް ފަލާހް ވަނީ ފާހަގަކުރައްވާފަ އެވެ.

އެރަސްމިއްޔާތުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވެސް ވަނީ ހަފްލާގެ ބައިވެރިންނާއި މުހާތަބު ކުރައްވާފައެވެ. 

"އެޗް.ޑީ.ސީގެ ވިސްނުން ހުރީ ހުޅުމާލެ ފަދަ އެތައް ސިޓީއެއް ރާއްޖޭގައި ތަރައްގީކުރުމުގެ ބައިވެރިއަކަށްވުން. އެކަމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރު" އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

ޖުމްލަ 3 މުވައްޒަފުންނާއި އެކު ހުޅުވިގެން ދިއަ ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން ދާނީ ފުވަމަލަކުން ހޮވާލެވުނު ކުދިންނެވެ. އަދި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ތަމްރީން ޕްރޮޤްރާމްތަކެއް ވަނީ އެ މުވައްޒަފުންނަށް ހިންގިފައި ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ

މީގެއިރުތުރުން، ކުރިމަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރުމަކީ އެޗްޑީސީން ހާއްސަ އަހައްމިއްޔަތު ކަމެއްދީގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއްކަމުގައި އެ ކުންފުނިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް