ads
ރިސޯޓެއް
ރިސޯޓަށް ކަރަންޓީނަށް ގޮސް ހުރި ކުއްޖަކަށް ދިމާވި ހާދިސާ
ހަނާއާއި އޭނާގެ އާއިލާ އަބުރާ ރާއްޖެއައީ ކޮވިޑްގެ އެންމެ ބިރުވެރި ދުވަސްވަރުގަ އެވެ. ގަވާއިދުގައިވާ ގޮތުގެ މަތިން އެމީހުން ކަރަންޓީނުގައި 14 ދުވަސް ފުރިހަމަ ކުރަން ޖެހެ އެވެ. އެހެންކަމުން 14 ދުވަސް ކަރަންޓީނުގައި ހޭދަކުރުމަށް އެމީހުން ދިއައީ މާލެ ސަރަހައްދުގެ ރިސޯޓަކަށެވެ.

ރިސޯޓުތަކުގެ ކޮޓަރިތައް ޗާލުނަމަވެސް، ކަރަންޓީނުގައި ހުންނަން ޖެހުމުން ހަނާއަށް އިހުސާސު ވަމުން ދިޔައީ ނުތަނަވަސް ކަމާއި ބިރުވެރި ކަމެވެ. އެކަނި ކޮޓަރީގައި އޮންނަށް ޖެހޭނެތީ އޭނާ ހިތަށް ބިރުވެރި ތަފާތު އިހުސާސުތައް ވެރިވަމުން ދިޔަ އެވެ. އެއީ ރިސޯޓުތަކުގައި ދިމާވެފައިވާ ބައެއް ހާދިސާތަކަގެ ވާހަކަ ވެސް އޭނާ އަޑުއަހާފައިވާތީ އެވެ.

ހަނާމެނަށް ރިސޯޓަށް ދެވުނު އިރުގައި އޭރު ދިޔައީ އަދިރި ވަމުންނެވެ. ރޭގަނޑުގެ އަދިރި ކަމުގައި ފަހަނާ ދިމާލުން ހައްދާފައިވާ ގަސްތައް ހީވަނީ ބިރުވެރި ގޮފިތަކެއް ހެންނެވެ.

އެރޭ އަވަހަށް ކައިގެން، ފެންވަރާލައިގެން ހަނާއަށް އެނދަށް އަރާ ނިދަން ޖައްސާލި އެވެ. އޭރުވެސް އޭނާގެ ސިކުޑީގައި ތަފާތު އެކި ބިރުވެރި ހިޔާލުތައް ފުނި ޖެހެމުން ދިޔަ އެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ހަނާއަށް ހޭލެވުނީ ކަރު ހިއްކައި ގަނެގެނެވެ. އެދުމުގެ އެއްކައިރީގައި ބަހައްޓާފައި ހުރި ފެންފުޅި އޭނާ ނެގީ ދެލޯ އުގުޅަމުން ނެވެ. މަތި ހުޅުވާލުމަށް ފަހުގައިި ފެން ފޮދު ކަރަށް އޮއްސާލި އެވެ. 

ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެލުވާފައި ހުރި ފޮތިތައް ވަޔާ ވަރަށް ބާރަށް ވިހުރެން ފެށި އެވެ. ހަނާއަށް ހުއްޓުން އެރި އެވެ. އެއީ އޭނާ ނިދީ ކުޑަދޮރުތައް ތަޅުލާފައި ކަމަށްވާތީ އެވެ.

ބިރުން އަތް މޭމަތީގައި ބޮނޑިކޮށްލައިގެން އޭނާ ގޮސް ކުޑަދޮރުތައް ހުޅުވިފައި ހުރިތޯ ބަލާލި އެވެ. ހިތަށް ފިނިކަމެއް ލިބިގެން ދިޔައީ އެއް ކުޑަދޮރު ރަނގަޅަށް ނުލެއްޕި އިނީމަ އެވެ. ހަނާ އަވަހަށް އެދޮރު ލައްޕާލުމަށް ފަހުގައި ކުރުސި ކިޔައިގެން އެދަށް އަރާ ނިދި އެވެ.

އަނެއް ދުވަހު އޭނާއަށް ހޭލެވުނީ މެންދުރު ހާއިރުގަ އެވެ. ހެނދުނު ގަޑީގައިވެސް ކޮޓަރިން ބޭރަށް ނުނިކުމެވޭނެތީ އޭނާ އޮތީ ފޫހިވެގެން ހަދާނެ ގޮތެއް ނޭންގިފަ އެވެ.

އެހެން އޮއްވާ ކުއްލިއަކަށް އެތާ ހުރި ކަބަޑެއްގެ މަތީގައި ބަހައްޓާފައިވާ ލަކުޑި ބުދެއް ބިންމައްޗަށް ވެއްޓުނު ނެވެ. ކޮޓަރިން ބާރަށް ހަޅޭލަވަމުން ނިކުމެގެން ދާނީވެސް އޭނާގެ ހިތަށް އެރި އެވެ. ނަމަވެސް އޭނާ ހިތަށް ހަމަޖެހުމެއް ލިބޭތޯ އަވަހަށް ވުލޫކޮށްގެން ނަމާދަށް އެރި އެވެ.

ކާއެއްޗިހި ހިފައިގެން އަންނަ މީހާ އައި އިރުގައި ވެސް ހަނާ އިނީ މުސައްލަ މަތީގައި ގުރުއާން ކިޔަވާށެވެ. އެމީހާ ކައިރީގައި އެ ރިސޯޓުގައި އެއްވެސް އާދަޔާ ހިލާފުކަމެއް ހިގާތޯ ސުވާލުކުރުމުން އޭނާ ބުނީ ބައެއް ފަހަރު އެކަލަ ވާހަކަ މީހުން ދައްކާ ކަމަށެވެ. އެހެކަލަ ކަންތަކަށް މާބޮޑަށް އާޅާލުން ނުދިނުމަށް ވެސް އޭނާ ހަނާއަށް ނަސޭހަތްތެރިވި އެވެ.

ހަވީރު އަތަށް އެޅިއިރުގައި ވެސް ހަނާ އޮތީ އެދުމަތީގައި ފޫހިވެގެން ޓީވީ ބަލާށެވެ. އެހެން އޮއްވާ އިރުއޮއްސިއްޖެ އެވެ. އިރުކޮޅަކުން ފާޑެއްގެ އަޑުފައްގަނޑެއް ފާހަނައާވީ ދިމާލުން އިވެން ފެށި އެވެ. އަވަހަށް ޓީވީއިން ގުރުއާން ޖެހި އެވެ. އަދި ގުރުއާނުގެ އަޑު ބާރުކޮށްލި އެވެ. އިރުކޮޅަކުން އިވެމުން ދިޔަ އަޑުފަށްގަނޑު ހުއްޓިއްޖެ އެވެ.

ހަނާ އަވަހަށް ވުލޫކޮސްލައިގެން ނަމާދުކުރި އެވެ. އޭނާ އެރޭ މުސައްލަ މަތިން ތެދުވީ އަށެއް ޖެހިފަހުން ނެވެ. އެރޭ އޭނާ ނިދީ ދުއާ ކިޔައިގެން ޓީވީން ޤުރުއާން ވެސް ޖަހައިގެން ނެވެ.

އެފަހުން އާދަޔާ ހިލާފުކަމެއް ދިމައެއް ނުވެ އެވެ، 14 ދުވަސް ކަރަންޓީނުގައި ހަނާ ހޭދަކުރީ އަޅުކަން ކުރުމުގަ އެވެ. އަދި ގިނައިން އޭނާ ހުންނަނީ ކޮޓަރީގައި ގްރުއާން ޖަހާފަ އެވެ. ނަމަވެސް މަދުން މަދުން ގޮތްނޭންގޭ ސަބަބުތަކާ ހުރެ ކޮޓަރީގެ ކަބަޑު މަތީގައި ބަހައްޓާފައި ހުންނަ ތަކެތި ވެއްޓެ އެވެ.

18%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް