ads
މާލޭގެ ރެސްޓޯރަންޓެއް---ފޮޓޯ:އެޑިޝަން
ރޯދަމަހު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފަ ބެހެއްޓޭ ގަޑިތައް އާއްމުކޮށްފި
މިއަދުން ފެށިގެން ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާއްމުކޮށްފި އެވެ

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާންމަސް ފެށެންދެން، ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 1:00 އާ ދެމެދުގައި ކަމަށެވެ. އަދި، ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އަންގާފައިވެއެވެ.

އެ މިނިސްޓްރީން ބުނީ، ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރި ކުރާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރައްވަން ވާނެ ކަމަށެވެ.

އެހެންކަމުން މާލޭ ސިޓީގެ އިތުރުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން އެ ގޮތަށް އަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސިޓީގައި އިއުލާންކޮށްފައިވާ ކާފިއު އުވާލާފައެވެ. އެގޮތުން މީގެ ކުރިން ރެސްޓޯރެންޓްތައް ރޭގަނޑު އަށެއްގެ ފަހުން ބަންދުކުރުމަށް އޮތް އުސޫލްވެސް ވަނީ ބާތިލް ކޮށްފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް