
ސަލްމާން އޭނާގެ ލޯބީގެ ހަޔާތުގެ ވާހަކަ ދައްކަމުން ބުނެފައި ވަނީ ސަންޖީތަ ބިޖްލާނީއާ އޭނާ ރަށްޓެހިވީ ވަރަށް ފޮނި އުންމީދުގައި ކަމަށެވެ. ސަންޖީތާ މިސް އިންޑިއާގެ ޓައިޓަލް ހާސިލް ކުރުމަށް ފަހުގައި ދެމީހުން ރަށްޓެހިވީ ކައިވެނީގެ ފޮނި ގުޅުމުގެ ގޮށް ޖެހުމުށްޓަކަ އެވެ.
ނަމަވެސް ކައިވެނީގެ ކާޑުތައް ބެހި ފަހުން ސަންޖީތާ އޭނާ އާ ކައިވެނި ކުރަން ދެކޮޅު ހެދިކަމަށް ސަލްމާން ބުނިކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެ އެވެ. އެކަމުގެ ސަބަބުން އޭނާ ގެ ހިތައް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ސަލްމާން ބުނިކަމަށް ވެ އެވެ.
ސަލްމާން ބުނެފައިވަނީ އޭނާ މިހާތަނަށް 12 ކުދިންނާ ރައްޓެހިވެފައިވާނޭ ކަމަށާއި ނަމަވެސް ސަންޖީތާ އާއެކު އޮތްވަރުގެ ފުން ގުޅުމެއް އެހެން ކުއްޖަކާއެކު ނެތް ކަމަށެވެ.
ކައިވެނި ކުރަން އެންމެ ފަހު ވަގުތުގައި ސަންޖީތާ ދެކޮޅު ހެދީ ކީއްވެކަން އެނގިފައިނުވާކަމަށް ވެސް ސަލްމާނު ބުނިކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ،