ads
ޕްރީ ސްކޫލް
ޕްރީންސްކޫލްތަކުގެ ކުދިން ސްކޫލަށް ގެނެސްގެން ކިޔަވައިދޭން ނިންމައިފި
މިއަދުން ފެށިގެން މާލެ ސަރަޙައްދުގެ ޕްރީންސްކޫލް ކުދިންގެ ކިޔެވުންވެސް ފަށަން ނިންމައިފި އެވެ.

ކޮވިޑާއި ގުޅިގެން އެކުދިންނަށް ކިޔަވައިދެމުން ދިޔައީ އޮންލައިން ކޮށެވެ. އެހެންނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. 

މިކަން ހާމަކޮށް އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެގޮތަށް ނިންމާފައިވަނީ، ކޮވިޑް-19 ގެ ރާއްޖޭގެ މިހާރުގެ ހަލަތަށް ބަލައި، މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް އެޗްޕީއޭއިން ހުއްދަ ދެއްވާފައިވާތީ ކަމަށެވެ. 

އެހެންކަމުން މިއަދުން ފެށިގެން އޮންލައިންކޮށް ކިޔަވައިދިނުން ނިމުމަކަށް ގެނެސް، ސްކޫލްތަކަށް ގެނެސްގެން ކިޔަވައިދިނުމުގެ ހުއްދަ ސްކޫލުތަކަށް ދީފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. 

ކޮވިޑް-19އިގެ ހާލަތާއި ގުޅިގެން 2020ވަަނަ އަހަރުވެސް އަދި މިއަހަރު ފެށުނީންސުރެވެސް ކިޔަވައިދެމުންދިޔައީ އޮންލައިން ކޮށެވެ. ކޮވިޑް-19 ގެ ރާއްޖޭގެ މިހާރުގެ ހަލަތަށް ބަލައި ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވާއިރު ރާއްޖޭގެ ކޮވިޑް ކޭސްތައް ވަނީ ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފައެވެ. 

އެގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ ކޮވިޑަށް 300 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުން 94 މީހުން ޕޮޒިޓިވްވިއިރު، އަތޮޅުތެރޭގެ ރަށްތަކުން 96 މީހުންނާއި، ރިސޯޓުތަކުން 15 މީހެއްގެ އިތުރުން މިވަގުތު ބޮޑު ކްލަސްޓާއެއް އޮތް ފެލިވަރުންވެސް ވަނީ 95 މީހުން ޕޮޒިޓިވް ވެފައެވެ

މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 24،379 އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 3،022 ގައި އުޅޭއިރު 101 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. މިއީ ކުރިއާ އަޅާ ބަލާއިރު ގިނަ އަދަދެއްކަން ފާހަގަކުރެވެއެވެ. މިފަހުން މިއަދަދު ހުރީ 100 އިން ދަށުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް