ނަށަންވާނީ ނަށާވަރުކަމެއް ކުރެވުމުން ކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement
މަލީހް މިގޮތަށް ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އަދި މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ނަށާއި މަންޒަރު ފެންނަ ވީޑިއޯއެއް އާޒިމް ހިއްސާކުރައްވާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.
މަލީހް ވިދާޅުވީ ދަރަނި ހޯދާއި ކޮޅުން ނުފެންނަ ހިސާބުގައި ހުރިއިރު ބޮޑު އިންވެސްޓްމަންޓެއް ނުގެނެވި ސަރުކާރު އޮތީ ފުލުސްޓޮޕެއްގައި ކަމަށެވެ. އަދި މަޖިލިސް ޑްރާމާ ކުޅުމުގައި އުޅޭއިރު ބޭއިންސާފުން ދައުވާކުރުން އާންމުވެފައިވާ ކަމަށް ވެސް މަލީހް ތުހުމަތު ކުރެއްވި އެވެ.
އޭގެ އިތުރުން ރައްޔިތުން ހަނާވަމުން އަންނަ ކަމަށާއި ނަށަންވާނީ ނަށާވަރުކަމެއް ކުރެވެމުން ކަމަށް މަލީހް ވިދާޅުވި އެވެ.
"ސީޕީ ހިއްވަރު ހުރިއްޔާ މިވެރިން ޓެސްޓްކޮށްބަލަ،" މަލީހް ވިދާޅުވެ އެވެ.
ރޭ އާޒިމް އާންމުކުރެއްވި ވީޑިއޯއާ ގުޅިގެން ބައެއް އާންމުން ވެސް ވަނީ ފާޑުކިޔާފަ އެވެ.