ads
ސަޓަން ޝޫޒް:-
އިންސާނުންގެ ލޭ އަޅައިގެން ތައްޔާރުކުރި "ސަޓަން ޝޫޒް" ވިއްކުން މަނާކޮށްފި
އިންސާނުންގެ ލޭ އަޅައިގެން ތައްޔާރުކޮށްފައިވާ 'ސަޓަން ސޫޒް' ނުވަތަ "ޝައިތާނު ބޫޓު" ވިއްކުން އެމެރިކާގައި މަނާކޮށްފިއެވެ.

އެ ބޫޓު ވިއްކުން މަނާކޮށްފައިވަނީ ''ނައިކީ'' ކުންފުނީގެ ލޯގޯ އެއް އެ ބޫޓުގައި ބޭނުންކޮށްފައިވާތީ އެ ކުންފުނިން ކޯޓުގައި މައްސަލަ ޖެއްސުމާއި ގުޅިގެންނެވެ. 

ސަޓަން ޝޫޒް އުފެއްދި އެމްއެސްސީއެޗްއެފް ކުންފުނިން ބުނެފައިވަނީ އެ މީހުން އެ ބޫޓު އުފެއްދީ ވިޔަފާރި ކުރުމަށް ނޫންކަމަށެވެ. އޭގެ ބަދަލުގއި އެއީ "އާޓު ވޯކެއް" ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. 

އެގޮތުން އުފައްދާފައިވަނީ އެ މޮޑެލްގެ 666 ބޫޓު ކަމަށާއި، އެ ބޫޓުތައް އުފެއްދީ 666 ވަނަ ބޫޓު ގަންނަނަ މީހަކު ބެލުމަށް ކަމަށެވެ. ނަމަވެސް ނައިކީން މައްސަލަ ޖެއްސުމުން ވަނީ އެ ޕްރޮމޯޝަން ހުއްޓިފައެވެ. 

your imageއެމްއެސްސީއެޗްއެފް އިން އުފެއްދި ޖީސަސް ޝޫޒް:-

ނަމަވެސް މީގެ ކުރިން 2019 ވަަނަ އަހަރު އެމްއެސްސީއެޗްއެފް ކުންފުނިން ވަނީ "ޖީސަސް ޝޫޒް" ގެ ނަމުގައި ވެސް ނައިކީގެ ބޫޓެއް މޮޑިފައިކޮށްގެން ބޫޓެއް އުފައްދައި 666 ބޫޓު ވިއްކާފައެވެ. އެފަހަރު ނައިކީން މައްސަަލަ ނުޖައްސާ ކަމަށާއި، މިހާރު ޖީސަސް ބޫޓު ވެސް ނުއުފައްދާކަމަށް އެ ކުންފުނިން ބުނެވެ.  ޖީސަސް ބޫޓެއް ވިއްކާފައިވަނީ 4،000 އެމެރިކާ ޑޮލަރަށެވެ. 

'ސަޓަން ޝޫޒް' އަކީ ރެޕް އާޓިސްޓު ލީ ނަސް އެކްސް ޕްރޮމޯޓު ކުރާ ބޫޓެކެވެ. މީގެ ބޫޓެއް ވިއްކާފައިވާ އަގަކީ 1،018 އެމެރުކާ ޑޮލަރެވެ. 

މި ބޫޓުތައް ފަރުމާކޮށްފައިވަނީ ނައިކީގެ ''އެއާ މެކްސް 97 ސްނީކާސް'' މޮޑިފައި ކޮށްގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް