ads
ވީޑިއޯ ރިޕޯޓް-
ނަރުހުންނަށް ފްރަންޓްލައިން އެލަވަންސް ނުލިބި 9 މަސް!
ކޮވިޑް-19 ރާްޖެއަށް އައިސް ވަށާލިތާ އަހަރެއްވެގެން ދިޔައީއެވެ. ކޮވިޑާއި ދެކޮަޅަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު ގުރުބާނީއެއްވާ އެއް ބައެއްގެ ގޮތުގައި ތިބީ ހީވާގި ސިއްހީ ދާއިރާގެ މުވައްޒަފުންނާއި އިސްވެރިންނެވެ. މަސައްކަތު މިހާއިން ފެށިގެން ޑޮކްޓަރުންނާއި ނަރުހުންނެވެ.

މިކަން މިހެން އޮތްއިރު ކޮވިޑް ނުރައްކާތެރިކަމަށް އެންމެ ފާރެވެރިވާންވެސް ޖެހޭ އެއްބަޔަކީ ހަމަ އެބޭފުޅުންނެވެ. ރެއާ ދުވާލު ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ 100 އެތައް މީހުނެއް ކައިރީއާއި އަދި އެނޫނަސް އެހެން ބަލިތަކަށް ފަރުވާ ހޯދަންދާ މީހުންވެސް އެކުލެވޭ ގޮތައް އެންމެ ހައި ރިސްކު މާހައުލެއްގައި މަސައްކަތްކޮށްފައި ގެޔަށް އައިސް ވަންނަ ބަޔަކީ ވެސް ހަމަ އެއްކަަލަ ސިއްހީ ހިދުމަތްތެރިޔާއެވެ.

ކޮވިޑް-19 ފެށުނީންސުރެ ހޮސްޕިޓަލްތަކުގައި އެޑްމިޓްވާ ބަލިމީހުންނާއި އެންމެ ކައިރީން މަސައްކަތްކުރާ ބަޔަކުވެސް މީގެ ތެރޭގައި އެބަތިއްބެވެ. ކޮވިޑް ޖެހިގެން އަންނަ އެންމެ ބަލިމީހާ ކައިރީގައި ރެއާ ދުވާލު އެތައް އިރެއް ވަންދެން ހިދުމަތްދިނުމުގައި ތިބޭ މި ނަރުހުންނަކީ ކޮވިޑް-19އިގެ މި ހާލަތުގައި ފްރޮންޓްލައިންގައި އެމީހުންގެ އަމިއްލަ ހަށިގަނޑު ނުރައްކަލައަށް ހުށަހަޅައިގެން މަސައްކަތް ކުރާ ބަޔަކަށް ވާއިރު މިކޮވިޑް ތެރޭ އެފަދަ ފަރާތްތަކަށް ސަރުކާރުން ދޭން ނިންމާފައިވާ "ފްރޮންޓް ލައިން އެލަވަންސް" ދޭންޖެހޭ ލިސްޓުގެ އެންމެ ކުރީގައިވެސް ހިމެނޭ ބަޔަކީ ބަލިމީހާ ކައިރީ ހަރަކާތްތެރިވާ މި ނަރުހުންނެވެ.

އެގޮތުންވެސް ކޮވިޑް-19 ރާއްޖެއައިސް ވަށާލިތާ މިހާރު އަހަރެއް ވެފައިވާއިރު ކޮވިޑް ބަލީގައި އެންމެ ހާލުބޮޑުވާ މީހުުން އެޑްމިޓްކޮށް ހިދުމަތް ދެމުންދާ ތަނަކީ އައިޖީއެމްއެޗް ހޮސްޕިޓަލް އެވެ.

އެހެންނަމަވެސް ދައްކަންއޮތީ ވަރަށްވެސް ހިތާމަވެރިވާހަކައެކެވެ. ފުރާނަ އަތްމައްޗަށް ލައިގެން  އުޅޭ އައިޖީއެމްއެޗް ހޮސްޕިޓަލްގެ މި ނަރުހުންނަށް ހައްގުވާ ފްރޮންޓްލައިން އެލެވެންސް ނުދޭތާ މިއަދަށް މިވަނީ 9 މަސް ދުވަސް ކަމަށް ވެއެވެ.

ސީއެންއެމްއަށް ވަރަށް މުހުތަބަރު ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން ހިންގާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރާ ނަރުހުން ކޮންމެ ދުވަހެއްގެ ވެސް 10 ގަނޑިއިރު އެތަނުގައި މަސައްކަތް ކުރަންޖެހޭއިރު، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ނަރުހުންނަށް އެލަވަންސްއެއް ނުދެއެވެ. އެނަރުހުން އެގޮތަށް ބަލިމީހުން ކައިރީ މަސައްކަތްކުރާތާ މިހާރު އެއް އަހަރުވެފައިވާއިރު، ފްރޮންޓްލައިން އެެލަވަންސް ނެގުމަށް އޮންނަ ފޯމު ފުރުވާ، ކޮންމެ ފަހަރަކު ސޮއިވެސް ކުރުވާ ކަމަށާއި އެހެންނަމަވެސް 2020ވަނަ އަހަރުގެ ޖޫންއިން ފެށިގެން މިހާތަނަށްވެސް އެއްވެސް އެއްޗެއް ނުދޭ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. 

"އަހަރެމެން ބޭނުން މިކަން އެންމެންނަށް އެގެން. އެއީ އެމީހުން ހަނދަނީ ދޮގު. އެމީހުން ބުނަނީ ދެމޭ އެހެންނަމަވެސް އަސްލު ނުދޭ. ކޮންމެ ފަހަރަކުވެސް އެކުދިން ކައިރީ ބުނަނީ އަންނަ މަހުން ދޭނަމޭ. އެކަމަކު ނުދޭ"

ކޮވިޑް-19އާއި ގުޅިގެން ފްރޮންޓްލަައިންގައި މަސައްކަތް ކުރާ ބަޔަކަށްވެފައި މި ނަރުހުންނަކީ ކޮވިޑް ބަލިމީހުންނާއި އެންމެ ގާތުން މަސައްކަތް ކުރާ ބަޔަަކަށްވުމުން އެލަވަންސްގެ ގޮތުގައި މި ފަރާތްތަކަށް ދުވާލަކަށް 500 ރުފިޔާ ލިބެންޖެހެއެެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗްއާއި ސުވާލުކުރުމުން ބުނެފައިވަނީ އެ އެލަވަންސް ފުރަތަމަ ބުރުގައި އައިޖީއެމްއެޗްގެ ގިނަ މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ. އެޔަށްފަހު ދެވަނަ ބުރުގައި އެ އެލަަވަންސް ދިނުމަށް ފޯމުތައް ލާފައިވާ ކަމަށެވެ. އެހެންކަމުން ފިނޭސްއިން ބަލަންޖެހޭ ކަންތަކަށް ބެލުމަށްފަހު އެ ޕްރޮސެސް ކުރިއަށް ދާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ. 

އެހެންނަމަވެސް ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުވައްޒަފުންނަށް އެ އެލަވަންސް ދީފައިވަނީ 2020ވަނަ އަހަރު އެންމެ ފުރަތަަމަ އެލަވަންސް ދިން ދަނޑިވަޅުގައި އެޕްރީލުން ފެށިގެން ޖޫން އާއި ހަމަޔަށެވެ. އެ ފަހުން މިހާރު 9 މަސް ވެފައިވާ ކަމަށާއި ބަލިމީހުން ކައިރީ އެތައް ގަނޑިއިރެއް ހޭދަކުރަން ޖެހޭއިރުވެސް ފްރޮންްޓްލައިން އެލަވަންސްވެސް ކުޑަމިނުން އޯވާޓައިމް ލާރިކޮޅުވެސް ނަރުހުންނަށް ނުލިބޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.  

"އެފަދަ ނަރުހުންނަށް އެލަވަންސް ނުލިބުނަސް ބަލިމީހާ ކައިރީ ކޮންމެ ދުވަހުކުވެސް މަސައްކަތް ކުރަނީ ހިނިތުންވެތިބެ ހިތުގެ އެންމެ ފުން ލޯތްބާއި އަޅާލުން ދީގެން. އެެހެވީމަ އެފަދަ ފަރާތްތަކަށް ހައްގުވާ މިންވަރު މުވައްސަސާތަކުންނާއި ސަރުކާރުން ދޭންޖެހޭ. މިވާހަކަތައް ދަންކަން ޖެހެނީ މި ވާހަކަތައް ނުދައްކާނަމަ އެކަން ދުވަހަކުވެސް އިސްލާހް ނުވާނެތީ. ނަރުހުންނަށް ނުލިބުނު ނަމަވެސް އާރްއާރްޓީ މުވައްޒަފުންނަށާއި ޑްރައިވަރުންނަށްވެސް އެ އެލަވަންސް ލިބޭ. އެއީ އިންސާފެއް ނޫން. އެންމެނަށްވެސް ލިބެންޖެހޭނެ"

ފްރޮންޓްލައިން ވޯކަރުންނަށް ހާއްސަ އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވިކަން އިއުލާނުކުރެއްވީ 2020ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު އެވެ. އެކަން އިއުލާނުކުރައްވާ ދެއްކެވި ވާހަކައިގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަައް ތިން ގިންތިއަކަށް ބަހާލައިގެން "ފްރޮންޓްލައިން" އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބަލި ހުންނަ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އާރްއާރް ޓީމްތަކުގެ މެމްބަރުންނާއި، ލެބް ޓެކްނީޝަނުން އަދި ބަލި މީހުންނާއި ސިއްހީ މަސައްކަތްތެރިން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތައް  ހިމެނެނީ ހައި ރިސްކު ވޯކަރުންގެ ކެޓަގަރީގައެވެ. މި ފަރާތްތަކަށް ދުވާލަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭންޖެހެއެވެ.

އެހެންނަމަވެސް އެ އެލަވަންސް ނުދޭތާ މިހާރު 9 މަސް ވެފައިވާކަމަށް އެ ފަރާތްތަކުން ބުނާއިރު މީގެ ކުރިންވެސް މިފަދަ މައްސަލަަތައް ފެންމަތިވެފައިވެއެވެ. 

އެގޮތުން ސިފައިންނާއި ފުލުހުންނަށްވެސް ފްރޮންޓް ލައިން އެލަވަންސް ދިން އިރު ދޭންޖެހޭ ވަރަށްވުރެ ކުޑަކޮށް އެލަވަންސް ދިނުމާއި އެފަދަ ފަރާތްތަކަށް އެލަވަންސް ނުދޭ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެ މައްސަލަ ބޮޑުވުމުން ފަހުން ސިފައިންނާއި ފުލުހުންނަށް އެލަވަންސް ދިންނަމަވެސް ދީފައިވަނީ ދޭންޖެހޭ ވަރަށްވުރެ ކުޑަކޮށް ކަމަށް އެފަދަ ފަރާތްތަކުންވެސް ބުނެފައިވެއެވެ.

27%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް