ads
އަޖޭ އަދި ކާޖަލް
އަޖޭ ބިޒީކަމުން އުފަން ދުވަހު ސެލްފީއެއްވެސް ނުނެގުނު: ކާޖަލް
ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ އަޖޭ ދޭވްގައަށް އިއްޔެ ވަނީ 52 އަހަރު ފުރިފަ އެވެ. އޭނާއަށް ގިނަ ތަރިންވަނީ ދުވަހުގެ މުނާސަބުގެ ހެޔޮތަހުނިޔާ ކިޔާފައެވެ.

ގިނަ ބަޔަކު އަޖޭއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައި ވީނަމަވެސް އެންމެންގެ ސަމާލުކަން ހޯދައިފައިވަނީ އޭނާގެ އަންހެނުން ކާޖަލް ކޮށްފައިވާ ޓުވީޓަށެވެ.

ކާޖަލް ވަނީ އަޖޭ ކެމެރާއެއް ހިފައިގެން ހުރި ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯއާއި އެކުގައި އޭނާވަނީ ފިރިމީހާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ. އަދި އަޖޭ އުފަން ދުވަހުގައި ވެސް އޭނާ އެންމެ ލޯބިވާ ކަމެއްކަމަށްވާ މަސައްކަތް ކުރުމުގައި އަވަދިނެތި އުޅޭ ކަމަށް ވެސް ބުނެފައި ވެއެވެ.

އަޖޭއާ އެކުގައި ސެލްފީއެއް ނެގުމަށް ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް އޭނާއަށް އުފަން ދުވަހު ފޭނުންނަށް ހިއްސާކޮށްލަން ލިބުނީ އަޖޭ އެހެން ކެމެރާއެއް ހިފައިގެން ހުއްޓާކަމަށް ވެސް ކާޖަލް ވަނީ އެ ޓުވީޓުގައި ބުނެފަ އެވެ.

އަޖޭ އަންނަނީ އޭނާ ދެން އެންމެ ފުރަތަމަ ފެންނާނެ ފިލްމުކަމަށްވާ "މައިދާން" ގެ ޝޫޓިންގައި އަވަދިނެތި މަސައްކަތް ކުރަމުން ނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް