
ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ހަބަރު ހިއްސާކޮށް އަނުޕަމާ ބުނީ އޭނާ މިވަގުތު ހުރީ ކަރަންޓީނުގައި ކަމަށެވެ. އަދި އާއިލާގެ މެމްބަރުން ވެސް އިންތިޒާރުކުރަމުން އަންނަނީ ކޮވިޑްގެ ނަތީޖާ ލިބޭނެ އިރަކަށް ކަމަށް ކަމަށް ބުނެ އެވެ.
މީގެ ކުރިން ވެސް އަނުޕަމާގެ ދަރިފުޅުގެ ރޯލުން ފެންނަ ޕަރަސް އާއި އަޝިޝް މެލްހޯތްރާއަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ. އެކަމަކު އެމީހުން ވަނީ މިހާރު ކޮވިޑުން ރަނގަޅުވެ އަލުން ޝޯގެ ޝޫޓިންއާ ވެސް ގުޅިފަ އެވެ.
އަނުޕަމާއަށް ކޮވިޑް ޖެހިފައިވާ މިދަނޑިވަޅަކީ އޭނާއަށް ޝޯގައި ލޯބި ދިނުމަށް އެހެން ތަރިއަކު އަންނަން އޮތް ދަނޑިވަޅެކެވެ. މިހެންކަމުން، ޝޯއަށް ދެން ގެންދާނީ ކޮން ކަހަލަ ބަދަލެއް ކަމެއް ނޭނގެ އެވެ.
އަނުޕަމާ ޑްރާމާއަކީ މިވަގުތު އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ އެއް ޑްރާމާ އެވެ. ވަރަށް ފަހުން ޑްރާމާ ފެށި ނަމަވެސް ކުރިން ނަމްބަރު އެކެއްގައި އޮތް ޑްރާމާތައް ވައްޓާލާއި، އެންމެންގެ ތެރޭގައި ވައިގައި ހިފީ އަނުޕަމާ އެވެ.