ފުރަތަމަ ޑޯޒް ޖަހާ މަންޒަރު ފެންނަ ފޮޓޯއަކާ އެކު ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އޭނާ ފުރަތަމަ ޑޯޒް ޖެހީ މި ކޮވިޑުގެ މި ބަލިމަޑުކަމުން ސަލާމަތް ވެވޭނީ އެންމެން އެކީ މަަސައްކަތް ކޮށްގެން ކަމަށްވާތީ ކަމަށެވެ.
އަދި މަލައިކާ ވަނީ އެންމެންވެސް އަވަހަށް ވެކްސިން ޖެހުމަށް އެދިފައެވެ.
މަލައިކާ ވެކްސިން ޖަހަނީ
މަލައިކާ އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ފިޓު އެއް ތަރި އެވެ. އަދި އޭނާ އެންމެ ޝައުގުވެރިކަން ހުންނަ އެއްކަމަކީވެސް ފިޓްނަސްއެވެ.
ރަނގަޅު ސިއްހަތެއްގައި ދެމިހުރެވޭނެ ގިނަ ޓިޕްސްތަކެއް ފޭނުންނާއި ހިއްސާކުރާ މަލައިކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ސަލްމާން ހާންވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.