ads
އިހްތިޖާޖްގެ ތެރެއިން
އިހުތިޖާޖުން ހައްޔަރު ކުރި މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފި
ރޭޕާއި ދެކޮޅަށް އިދިކޮޅުން މާލޭގައި އިއްޔެ ކުރި އިހުތިޖާޖުން ހައްޔަރު ކުރި އެންމެންވެސް ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ، އިއްޔެގެ މުޒާހަރާއިން ޖުމުލަ 16 މީހަކު ހައްޔަރު ކުރި ކަމަށެވެ. ރޭގެ ވަގުތެއްގައި މި އެންމެންވެސް ދޫކޮށްލީ، އެޗްޕީއޭގެ ގައިޑުލައިނާއި ހިލާފުވުމުން، ޖޫރިމަނާ ކުރުމަށްފަހު ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

އިއްޔެގެ މުޒާހަރާ ފަށާފައިވަނީ ސޯސަންމަގު، މަޖީދީ މަގު ކަންމަތިންނެވެ. "ރޭޕާއި ދެކޮޅަށް" ނަމުގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ބައިވެރިވުމަށް ގިނަ ބަޔަކު މަަގުމައްޗަށް ނިކުމެފައި ވެއެވެ. 

އިދިކޮޅުން ރޭޕާއި ދެކޮޅަށް މުޒާހަރާ ކުރީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެންނެވެ. މި މައްސަލަ މާޗު މަހުގެ ކުރީ ކޮޅު ފެންމަތި ވެފައިވާއިރު، އެ މައްސަލައިގައި ކުށުގެ ތުހުމަތު ކުރެވެނީ އޭނާ ކިޔަވާ ސްކޫލުގެ ޓީޗަރަކަށެވެ. އެކަން ކުރީ ސްކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި އެ ވާހަކަ ބުނެފިނަމަ މަރައިލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް