ads
އެމްޑީޕީގެ ކެމްޕެއިނެއްގެ ތެރެއިން---
އިންތިހާބަކާއި ނުލައި ކަނޑޫދޫ ކައުންސިލްގެ ރައީސަކަށް އެމްޑީޕީ ކެނޑިޑޭޓް ހޮވިއްޖެ
އިންތިހާބަކާއި ނުލައި ތ.ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ރީހާން ހޮވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ހަސަން މޫސާ އަކީ، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، އިންތިހާބަކާއި ނުލައި ރައީސްކަމުގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން ހޮވިފައިވާކަމަށެވެ. 

މިއީ އިންތިހާބުގެ ކުރިން ރައީސްކަމުގެ މަގާމަށް އަހުމަދު ރީހާން އިންތިހާބު ވެފައިވާކަން އީސީން އިއުލާންކުރި ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އީސީން އެކަން އިއުލާންކުރީ، ހަސަން މޫސާގެ ކެނޑިޑެންސީ އީސީން ބާތިލު ކުރުމަށްފަހުއެވެ. ނަމަވެސް ކެނޑިޑެންސީ ބަލައިގަތުމަށްފަހު އެ ކޮމިޝަނަށް އަމިއްލައަށް ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށާއި، އަދި ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓަށް އެކަނި ކަމަށް ހުކުމް ކުރުމުން އީސީން އޭރު ވަނީ އަލުން ހަސަންގެ ކެނޑިޑެންސީ އަނބުރާ ދީފައެވެ. 

ނަމަވެސް އީސީން ސުޕްރީމް ކޯޓަށް މަސައްލަ ހުށަހެޅުމުން، މައްސަލަ ބެލުމަށްފަހު ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލުކުރަން ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް