ads
ވީޑިއޯ ރިޕޯޓް-
މަޖިލީހުގެ "ކަންނެތް" މެންބަރުން ރައްޔިތުންގެ ވޯޓަކުން ވަކިކުރަން ތައްޔާރުތަ؟
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. ގާނޫނުތަކަށް އިސްލާހު ގެނެސް، ގަވާއިދުތަކާއި ގާނުނުތައް ފާސްކޮށް ރައްޔިތުންނާއި ގައުމަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމުގައި މަޖިލީހުގެ ދައުރު ވަރަށް މުހިންމެވެ. މަޖިލީހުގެ މައްޗަށް އިސްކޮށްފައިވާ ޒިންމާބޮޑެވެ.

މުޖުތަމައުގެ މުހިންމު ގިނަ މައްސައްކަތްކަކަށް ހައްލު ހޯދައިދިނުމަށާއި ރައްޔިތުންނަށް އެންމެ ފަސޭހަ ވާނެ ގޮތަށް ގާނޫނުތައް ހައްދަވާ ފާސްކޮށްދެއްވަން ތިއްބެވި ބަޔަކީ ވެސް މިބޭފުޅުންނަށްވާއިރު ރައްޔިތުން މިއިން ކޮންމެ ބޭފުޅަކު މަޖިލީހަށް އައްޔަން ކުރައްވަނީ ނުހަނު ފޮނި އުންމީދުތަކާއިއެކު އެމީހެއްގެ ރަށަށް ނުވަތަ ތަމްސީލްކުރައްވާ ދާއިރާއަކުން ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކޮންމެ ފަހަރަަކު އިންތިހާބަކާއި ދިމާކޮށް އެތައް ފޮނި ވައުދެއްވުމަށްފަހު މަޖިލީހުގެ ގޮނޑިކޮޅުގައި އިށީންނެވޭ ހިސާބުން އެއްކަލަ ރައްޔިތުމީހާ ކީއްކުރަންތޯ މިބޭފުޅުންނަށް ހަވާލުކުރެވިފައިވާ ޒިންމާތަކުގެ މަތިންވެސް ހަނދާނެއް ނުހުރެއެވެ. 

ހަނދާން ހުންނާނީވެސް ކިހިނަކުންތޯއެވެ؟ މިއިން ކޮންމެ ބޭފުޅަކީ މަހެއްގެ މައްޗައް 82،000 ރުފިޔާ މިއިންޒިންމާއެއް އަދާކުރިއަސް ނުކުރިއަސް ގެއަށް ގެންދެވޭ ފަންތީގެ ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ހައުސިން އެލަވަންސަށް 20،000 ރުފިޔާ، އަދި ކޮމިޓީ އެލަވަންސަށް 20،000ރުފިޔާ ލިބެއެވެ. މުޅި މަޖިލީހުގައި 86 މެމްބަރުން ތިއްބަވާއިރު މިއިން ކޮންމެ ބޭފުޅެއްގެ މައްޗަށް 7،156،625 (ހަތް މިލިއަން އެއް ލައްކަ ފަންސާސްހަހާސް ހަސަތޭކަ ފަންސަވީސް) ރުފިޔާ ދައުލަތުން ހޭދަވެގެންދެއެވެ. މިއީ ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ބޭކާރު ބޮޑު ހަރަދެކޭ ބުނެވުމުގެ ޖާގައެއް ނެތްތޯއެވެ؟ 

މިދިޔައަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހާޒިރީއަށް ބަލާއިރު ޖުމުލަ 10 މެންބަރަކު އެޓެންޑެންސުން ވަނީ ފެއިލްވެފައެވެ. މީގެ ތެރެއިން ބައެއް ބޭފުޅުން ސަލާމުގައި ތިއްބެވިއިރު އަނެއްބަޔަކު ސަލާން ބުނުމެއްވެސްނެތި ތިއްބެވީގޭގައެވެ. 

މަޖިލީހަށް އަޔަސް ނަޔަސް ހަވާލުކޮށްފައިވާ ޒިންމާ އަދާނުކުރައްވާ މުޅި އަހަރު ޗުއްޓީ ނަންގަވާގެން ރިސޯޓުތަކުގައި ތިއްބަވާ މެންބަރުންނަށް ވެސް ރައްޔިތުންގެ ޖީބުން ކާންދޭންޖެހުމަކީ ކޮން ގޮތަކުން ހެދިފައިއޮތް ގާނޫނަަކުން ލާޒިމްކުރެވޭނެ ކަމެއްތޯއެވެ. އެހެންނަމަ ވެސް މިކަން ހިނގަނީ މިމަގުންނެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެއިން ގާނޫނަކަށް ބަދަލު ގެނެވޭވަރުގެ ދައުލަތުގެ އެހެން އިދާރާއެއް ނެތީތީއެވެ. މިބޭފުޅުންގެ މި ޖަރީމާތައް ހުއްޓުވަން އެޅޭ ހުރަހަކީ މަޖިލީހުގެ މައްޗައް ގާނޫނުތައް ހެދޭނެ އެހެން މުވައްސަސާއެއް ނެތުމުންނެވެ. މިބޭފޫޅުންގެ މުސާރައިން އެއްޗެއް އުނިކުރުމާއި ނުކުރުންވެސް ފާސްކުރެވެން އޮތީ ހަމަ އެބޭފުޅުންނަށް ކަމަށްވީތީއެވެ.

މަޖި؛ލީހުގެ މެންބަރުން އެ ގޮޑިތަކަށް ހޮށްވަވަވީ ރައްޔިތުންނެެވެ. އެހެންނަމަވެސް އޭގެ ފަހުން ރައްޔިތުންގެ ބާރެއް އެތަނުގެ މައްޗަކަށް ނަހަދައެވެ. ދައުރު ހަަމަކޮށް އަނެއް އިންތިހާބަކަށް އެ ރައްޔިތުން ކާރިއަށް ދެވަނަ ފަހަރަށް އަންނަންދެންވެސް މަޖިލީހުގައި ޖަހާ ސަކަރާތެއް ޖެހުމަށްފަހު އެއް ކަމެއް ނުކޮށްދީ އަންނަ މެންބަރުންވެސް އެބަތިއްބެވެ. 

ނަމަވެސް ގާނޫނު އޮންނަގޮތުން ކަމެއް ނުކޮށްދިނަސް ހޮވި ދާއިރާގެ ރައްޔިތުން ރުޅިން ފަޅަފަޅައިގެން ދިޔަޔަސް އެއިން މީހަކު އެތަނުން ބޭރުކުރެވޭ ގޮތެއް ނޯވެއެވެ. އެ ބާރެއް ނޯވެއެވެ. އެ ބާރު އަނެއްކާވެސް ރައްޔިތުމީހާގެ އަތތެރެއަށް އަންނަނީ ވެރިކަމުގެ ފަސް ދައުރު ހަމަކޮށް އާ މަޖިލީހުގެ އިންތިހާބެއް ބޭއްވުމުން އެކަންޏެވެ. 

އަހަރެންގެ ނަޒަރުގައި މި ގާނޫނަކީ ބަދަލުކުރަންވެފައި އޮތް ގާނޫނެކެވެ. ރައްޔިތުންގެ ވޯޓަކުން ހޮވާ ބަޔަކު ރައްޔިތުން ބޭނުންވާ ކަންތައްތަކައް ކޮށް ނުދޭނަމަ ނުވަތަ މެންބަރު ކަމުގެ ޒިންމާ އަދާނުކުރައްވާނަމަ އެ ރައްޔިތު މީހާ ބޭނުން ކޮންމެ ހިނދަކު އިތުބާރު ނެތްކަމުގެ ވޯޓުނަގާ ދުރުކުރެވޭނެ ގޮތެއް އޮންނަންޖެހެއެވެ. މިކަމަށް އޮތް ހައްލަކީ މިއެވެ.

އެހެންނަަމަވެސް ދެން އުފެދޭ ސުވާލަކީ މިގާނޫނު ބަދަލު ކުރެވޭނީ ކިހިނެތްތޯ އެވެ. ގައުމުގައި އޮތްހާ ގާނޫނެއް ހަނދާ ފާސްކުރަން އޮތް ތަނަކީ މަޖިލީހެވެ. މިދައްކަނީ އެ ފަދަ ބަޔަކާއި ތޮޅޭ ވާހަކައެވެ. އެ މެންބަރުން އެކަން ކުރިޔަ ދޭނެތޯ އުފެދޭ ސުވާލެވެ. ؟ އެވާހަކަ އެހަށް ބާއްވަމާހެވެ.

މަޖިލީހުގެ މެމްބަރުން މަގާމުން ދުރުކުރަން ރައްޔިތުންގެ މެދުގައި ރިކޯލް ވޯޓު ނެގޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ތާއީދު ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާއަށް އީވާ އަބްދުﷲ އާ ވާދަ ކުރައްވާ ބަލިވެވަޑައިގެން އަމިއްލަ ކެންޑިޑޭޓް ހަމްޒާ ހަލީލް ދަނީ އެގޮތަށް ގާނޫނު އިސްލާހްކޮށް، މެމްބަރުން ވަކިކުރަން ވޯޓު ދިނުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް "ރިކޯލް ވޯޓު" ނެގުމާ ބެހޭ ގާނޫނެއް ގެންނަން ތާއީދު ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. 

މިކަމަށް މަަސައްކަތް ފަށާ ހަމްޒާ ތައްޔާރުކުރެއްވި ބިލުގައި ވަނީ މެމްބަރަކު ނިސްބަތްވާ ދާއިރާއެއްގައި ވޯޓުލެވޭ މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުން ސޮއިކޮށް، އިލެކްޝަންސް ކޮޮމިޝަނަށް ޕެޓިޝަނެއް ހުށަހަޅައިފި ނަމަ، އެ މެމްބަރަކު ވަކިކުރަން ފެނޭތޯ ބަލަން 45 ދުވަސް ތެރޭގައި އިންތިހާބެއް ބާއްވަން ޖެހުމާއި، ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު އެ މެމްބަރަކު ވަކިކުރަން ލިބިއްޖެ ނަމަ، އެ ހިސާބުން އެ މީހަކު މަގާމުން ވަކިވާގޮތަށެވެ.

އެހެންނަމަވެސް ހަމްޒާ ވަނީ އެ މެންބަރަކު ވަކިކުރަން ހުށަހެޅޭނެ ސަބަބުތަކެއްވެސް އެ ބިލުގައި ހިމަނާފައެވެ. އެގޮތުން އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީއާ ހިލާފްވުން ނުވަތަ އަޚްލާގީ މިންގަނޑުން ބޭރު އަމަލެއް ކުރުން ނުވަތަ މަޖިލީހުގެ ހާޒިރީ ދަށްވުމާއިި ޒިންމާ އަދާ ނުކޮށްފިނަމަ އެމީހަކު މަގާމުން ދުރުކުރެވިދާނެ ސަބަބެއް ކަމަށް ކަނޑައަޅާ އެމީހަކު މަގާމުން ދުރުކުރަން ރައްޔިތުންގެ ވޯޓަކަށް އެހިދާނެ ކަމަށް ހިމަނާފައިވެއެވެ.

މަޖިލީހުގެ ތެރޭގައި އޮންނަ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ރައްޔިތުން ބޭނުންވާ ކަންތަކަށްވުރެ ބޮޑަށް ޕާޓީގެ ފައިދާއަށް ވިސްނައިގެން ގާނޫނުތަކާއި ގވާއިދުތައް ފާސްކުރެވޭތަންވެސް އާދެއެވެ. މިކަން ހުއްޓުވުމަށްވެސް ހަމްޒާވަނީ އެ ގޮތަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް ވަކިކުރެވޭ ގޮތަށް ބިލުގައި ހިމަނާފައެވެ. އެހެންނަަމަވެސް ވަކި ކުރަން ހުށަހެޅޭނީ އެއް އަހަރު ވުމަށްފަހުއެވެ.

ރައްޔިތުންގެ ވޯޓަކުން މެންބަރުން ވަކިކުރެވޭގިތަށް ބިލެއް ތައްޔާރުކުރައްވާ ސޯޝަލް، މީޑިއާގައި މިކަމަށް އާއްމުންގެ ތާއިދު ހޯދުމަށް ހަމްޒާ މަސައްކަތް ފައްޓަވާފައިވާއިރު އަހަރެންގެ ނަޒަރުގައި މިއީ ވަރަށް މުހިންމު ބިލެކެވެ. ގާނޫނުތަކަށް އިސްލާހު ގެނެސް، ގަވާއިދުތަކާއި ގާނުނުތައް ފާސްކޮށް ރައްޔިތުންނާއި ގައުމަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމުގައި މަޖިލީހުގެ ދައުރު ވަރަށް މުހިންމެވެ. މަޖިލީހުގެ މަށްޗައް އިސްކޮށްފައިވާ ޒިންމާބޮޑެވެ. 

ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މި ޒިންމާތައް އަދާކުރައްވަން ތިއްބަވާ އިއްޒަތްތެރި މެންބަރުންގެ އަމަލުތައް ހުންނަގޮތުން ބައެއްފަހަރު މިކަން މިބޭފުޅުންނަށް އެގިލައްވާ މިންވަރާއިމެދު ސުވާލު އުފެދޭ ފަހަރު އާދެއެވެ. 

ރައްޔިތުންގެ ވޯޓުން މަޖިލީހަށް ވަޑައިގެން ޒިންމާއަދާނުކުރައްވާ މަޖިލީހުގެ ޖަލްސާތައްވެސް ކަޓުވާލައްވާ އަދި ވަޑައިގަންނަވައިފިނަ މަޖިލީހުގައި ހައިޖާން އުފައްދެވުމާއި އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅުން ނޫންކަމެއް އެތަނަކުން ނުފެނެއެވެ. ވޯޓު ހޯދުމަށް ބޮޑެތި ވައުތުތައް ވުމަށްފަހު ދާއިރާގެ ހައްގުގައި ބަސް ނުބުނުއްވާތާ ހާޒިރީއިންވެސް ޒީރޯ ވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫނެވެ. 

ރައްޔިތުންގެ ވޯޓަކުން ހޮވާ ބަޔަކު ރައްޔިތުން ބޭނުންވާ ކަންތައްތަކައް ކޮށް ނުދޭނަމަ ނުވަތަ ޒިންމާ އަދާނުކުރައްވާނަމަ އެ ރައްޔިތު މީހާ ބޭނުން ކޮންމެ ހިނދަކު އިތުބާރު ނެތްކަމުގެ ވޯޓުނަގާ ދުރުކުރެވޭނެ ގޮތެއް އޮންނަންޖެހެއެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް