ads
ފޮޓޯ:ސީއެންއެމް
ކޮބާ ރޯދަމަހަށް "މާހެފުން" އޮތީ ކިހިނެތް؟
މިއަހަރުގެ ރޯދަމަސް ފެށެން ދެންއޮތީ އެންމެ 10 ވަރަކަށް ދުވަހެެވެ. ރޯދަމަސް އަންނަން ގާތްވާއިރަށް އެ މަހަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ދިވެހިންނަކީ ޒަމާނުންސުރެ ހާއްސަ ސަމާލުކަމެއް ދޭ ބަޔަކެވެ.

އެގޮތުން ގޭގެ ކުލަ ބަދަލކުރުމާއި، ގެޔަށް ދޮންވެލި ލުމާއި، ރޯދަޔަށް ހުސްނުވާނެ ވަރަށް ހަވާދު ހެދުމަކީވެސް ދިވެހިން އެންމެ އިހުންސުރެ ހާޢްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ ކަންކަމެވެ. 

ނަމަވެސް ރޯދަމަހަކާއި ބައްދަލުކުރަން އުޅޭއިރު އެންމެ ބޮޑޫ ހާއްސަކަމެއްގެ ތެރޭގައި އިހުޒަަމާނުންސުރެ ކޮށް އުޅުނު އެއްކަމަކީ މާހެފުމެވެ. މިމަހުގެ ކުރިއަށް މާހަފާލުމެއް ބާއްވާނުލާ ފަރުޖެހޭކަށް ނޯވެއެވެ. މިދައްކަނީ އެއްވެސް ހާލެއްގައި މިދުވަސްވަރަކީ މާމަލުން ގަސްތަށް ފުރި ބަރާވަމުންދާ ދުވަސްކޮޅެއް ވުމުން ގަސްގަހުގައި ހުންނަ "މާ"ތައް އުފުރާގެން ކާ ވާހަކައެއް ނޫނެވެ. 

މާ ހެފުމަކީ ރޯދަމަހާއި ދިމާކޮށް ރަށްޓެހިންނާއި، އާއިލާ މީހުންނާއި، ނޫނީ ކްލާސްމޭޓުން ނުވަތަ އޮފީސް މޭޓުންނާޢި އެކީ ބޮޑު މީރު ކެއުންގަނޑެއް ތައްޔާރުކޮށް ބާއްވާ ކުޑަ ފާޓީއެކެވެ. މި ޕާޓީގައި ކޮންމެ މީހަކުވެސް އެމީހަކަށް ހޭދޭނެ އެއްޗެއް ލިސްޓުކޮށް ކައްކަން ޕްލޭން ކުރެއެވެ. އެކި ޒާތުގެ އެކި ކެއުންގަނޑު މީގެ ތެރޭގައި ހިމެނެއެވެ. 

އެގޮތުން ދިވެހި ކެޔުމާއި، ވެސްޓާން ކެޔުންގަނޑުން ފެށިގެން އެކި ބާވަތް ބާވަތުގެ ކެއުންގަނޑު "މާހެފުމުގައި" ތައްޔާރުވެފައި ހުންނާނެއެވެ. މިކަން އެކި މީހުން ކުރާގޮތް ތަފާތުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހަމަ ގައިމުވެސް ރޯދަމަހާއި ދިމާކޮށް މިގޮތަށް ހަދާ މާހެފުން ގަނޑުތައް ސޯޝަލް މީޑިއާ ފުރާލާއިރު، ފާޑު ފާޑުގެ ކެޔުންގަނޑު ފެނެއެވެ.

 

މިހާރު ވެސް ސޯޝަލް މީޑިއަށް ބަލާލީމަ މިކަހަލަ މާހެފުން ތައް އެބަފެނެއެވެ. އަދިި ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ މާހެފުންތަކުން މުޅި ސޯޝަލް މީޑިއާ ފުރާލާނެކަން ގައިމެވެ. މިހާރުވެސް މިކަމުގެ ތައްޔާރީތައް ވަމުންދާނެ ކަން ގައިމެވެ. 

ނޫނީ މިފަހަރު އެކަންތައް ތަފާތުވުން ވެސް އެކަށީގެންވެއެވެ. އެއީ ކޮވިޑް-19އިގެ ސަބަބުން މިފަދަ ގޮތަކަށް އެއްވެއުޅުން މާ ރައްކާކަމަކަށް ނުވުމުން މިކަން އެހެންވުންވެސް އެކަށީގެންވެއެވެ. ނަމަވެސް ގޭގައި އާއިލާތެރޭގައިވެސް މާހެފުމެއް ބާއްވާލެވިދާނެއެވެ. 

މިފަދަ ގޮތަކުން ނަމަވެސް މާ ހެފުންގަޑެއް ބާއްވާލަން ބޭނުންވާނެ ކުދިންވެސް ތިބޭނެ ކަން އިގެއެވެ. ކޮންމެ ގޮތަކަށް ބޭއްވިޔަސް ކޮވިޑް އުޅޭކަންވެސް ވިސްނާލައްޗެވެ. އެޔާއިއެކު ކުރިއަށްއޮތް ރަމަޟާން މަހުގެ ހެޔޮ އެދުންތައްވެސް އަރިސް ކުރަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް