ads
މާކް ޒަކަބާގް-
86،000 ދިވެހިންގެ ފޭސްބުކް މައުލޫމާތު ލީކްކޮށްލައިފި
މިއަދު ލީކްކޮށްލި 533 މިލިއަން ފޭސްބުކް ބޭނުން ކުރާ މީހުންގެ މައުލޫމާތުތަކުގެ ތެރޭގައި 86،336 ދިވެހިންގެ މައުލޫމާތުވެސް ހިމެނޭކަމަށް ބައިނަލްއަގުވާމީ ނޫސް އޭޖެންސީތަކުން ބުނެފިއެވެ.

އެގޮތުން 106 ގައުމަކުން ފޭސްބުކް ބޭނުންކުރާ 533 މިލިއަން މީހުންގެ މައުލޫމާތު ތަކުގެ ތެރޭގައި އެމީހުންގެ ފޯނު ނަންބަރާއި އެހެނިހެން މައުލޫމާތު ވެސް ހިމެނޭކަމަށެވެ. މައުލޫމާތު ނެގި އަދަދު އިނގޭނެ ގޮތަށް ލިސްޓެއް އާންމުކޮށްފަވާއިރު، އެ ލިސްޓުގެ 68 ވަނައިގަ  އޮތީ ރާއްޖެ އެވެ. ރާއްޖެއަށް ނިސްބަތްބާ 86،336 މީހުންގެ މައުލޫމާތު ލީކްކޮށްފައިވާކަމަށް އެ ލިސްޓުގައި ވެއެވެ.

މި މައްސަލައަކީ އިޒްރޭލުގެ ސައިބާ ކްރައިމް އިންޓަލިޖެންސް ފާމަކުން ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހެކަމުން މައުލޫމާތު އެއްކުރަމުން ގޮސްފައިވާކަމަށެވެ. 

މައުލޫމާތު ލީކުކޮށްލި މީހާ އަންނަނީ މައުލޫމާތު ނަގާފައިހުރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ބައިނަލްއަގުވާމީ އެކި މީޑިއާތަކުގައި މަަސައްކަތްކުރާ ނޫސްވެރިންނަށް އެ ޑޭޓާ ބޭސް ދައްކަމުންނެވެ. އެގޮތުން ބައެއް ނޫސްވެރިން ބުނެފައިވާ ގޮތުން އެމީހުންގެ ރަހުމަތްތެރިންގެ މައުލޫމާތު ވެސް އެ ޑޭޓާ ބޭސް ގައި އެބަހުއްޓެވެ. 

ލީކްކޮށްލި މައުލޫމާތުތަކުގެ ތެރޭގައި އީމޭއިލް އައިޑީ އަދި އުފަންތާރީހާއި ފޯން ނަމްބަރު ފަދަ މައުލޫމާތު ހިމެނެއެވެ.

މިފަދަ މައުލޫމާތުތަކެއް ލީކުވެއްޖެނަމަ، ހެކަރުންނަށް ބޮޑެތި ފަސޭހަތަކެއް ވާނެކަމަށް ބެލެވެއެވެ.

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް