އެގޮތުން މައުލޫމާތު ލީކްކުރާ މީހަކު މިއަދު ބުނެފައިވަނީ ފޭސްބުކް ބޭނުންކުރާ 500 މިލިއަން މީހުންގެ މައުލޫމާތު ތަކުގެ ތެރޭގައި އެމީހުންގެ ފޯނު ނަންބަރާއި އެހެނިހެން މައުލޫމާތު ވެސް ހިމެނޭކަމަށެވެ.
މި މައްސަލައަކީ އިޒްރޭލުގެ ސައިބާ ކްރައިމް އިންޓަލިޖެންސް ފާމަކުން ވެސް ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހެކަރުން މައުލޫމާތު އެއްކުރަމުން ގޮސްފައިވާކަމަށެވެ.
މިގޮތުން ލީކުކޮށްލާނެކަމަށް ބުނާ މީހާ އަންނަނީ ބައިނަލްއަގުވާމީ އެކި މީޑިއާތަކުގައި މަަސައްކަތްކުރާ ނޫސްވެރިންނަށް އެ ޑޭޓާ ބޭސް ދައްކައިވެސް ލަމުންނެވެ. އެގޮތުން ބައެއް ނޫސްވެރިން ބުނެފައިވާ ގޮތުން އެމީހުންގެ ރަހުމަތްތެރިންގެ މައުލޫމާތު ވެސް އެ ޑޭޓާ ބޭސް ގައި އެބަހުއްޓެވެ.
މިފަދަ މައުލޫމާތުތަކެއް ލީކުވެއްޖެނަމަ، ހެކަރުންނަށް ބޮޑެތި ފަސޭހަތަކެއް ވާނެކަމަށް ބެލެވެއެވެ.