މި ޝޯގައި ކަރަންވަނީ ޝާހްއާއި ގިނަ ސުވާލުތަކެއް ކޮށްފައެެވެ. އެގޮތުން ސުވާލުކުރުމުގެ ތެރެއިން ކަރަންވަނީ އާލިއާއަށް ވެގެން ކަރަންކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް އެދިފައެެވެ.
އެޔަށްފަހު ކަރަންވަނީ ޝާހް ކައިރީ އާލިއާ ކުރާ ކަންތަކުގެ ތެރެއިން އެންމެ މީހުންނަށް އުދަގޫވާގޮތަށް ކުރާ ކަންތައްތަކަކީ ކޮބާތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެމުން ޝާހް ބުނީ މީހުންތެރޭ އާލިއާ ނޭފަތް ކޮށްޓާކަމަށް ބުނެފައެވެ. އެޔާއިއެކު އާލިޔާ ވަނީ ހައިރާންކަމާއިއެކު އެހެންބުނީ ކީއްވެތޯ ސުވާލުވެސް ކޮށްފައެވެ. އެޔަށްފަހު ޝާހް ބުނެފައިވަނީ އެއީ ދޮގެއް ކަމަށެވެ. އެހެންނަމަވެސް އަންހެންކުދިން އެކަން އެގޮތަށް ކުރުމުން ފިރިހެން ކުދިން މާ ބޮޑަށް ގަޔާވާނެ ކަމަށްވެސް ޝާހް ބުނެފައިވެއެވެ.