ads
އަނުޝްކާ އާއި ރަންބީރު
އަނުޝްކާ ރަންބީރުގެ މޫނުމަތީ ޖެހުންމުން ރަންބީރު ރަތައް
ބޮލީވުޑްގެ މަޝްހޫރި ބަތަލާ އަނުޝްކާ ޝަރްމާ އަދި ރަންބީރު ކަޕޫރު އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ނަމަވެސް ފިލްމެއްގެ ސެޓުގައި އެއްފަހަރު ހިނގައިދިޔަ ކަންތަކެއްގެ ސަބަބުން ރަންބީރު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
Advertisement

އޭދިލްހޭ މުޝްކިލްގެ ސެޓުން އަނުޝްކާ ރަންބީރުގެ މޫނުމަތީ ޖަހަން ޖެހޭ ސީންއެއްގަ މާ ބާރަށް ތިން ފަހަރަށް މޫނުމަތީ ޖެހުމުން ރަންބީރު ވަނީ ޝޫޓިން ހުއްޓުވައި ކޮންމެ ކަމެއްގައިވެސް ލިމިޓެއް އޮންނާނެ ކަމަށް ބުނެފައެެވެ. އަދި މިއީ ޖޯކެއް ނޫން ކަމަށާއި އެކަންތައް އެއްވެސް ވަރަކަށް މަޖާ ނޫންކަމަށް ރަންބީރު ބުނެފައިވެއެވެ.

ރަންބީރު އެހެން ބުނުމުން އަނުޝްކާ ވަނީ ރުޅިއައިސްތޯ ސުވާލުކޮށް، މާއާފަށް އެދިފައެވެ. އަދި އެއީ އޭނާ އަށް ބާރަށް ޖެހުނީ ގަސްތުގައެއް ނޫން ކަމަށް އަނުޝްކާ ބުނެފައިވެއެވެ. 

ރަންބީރުގެ ފިލްމީ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ލޯބިވެރިޔާ އާލިއާ ބަޓް އާއެކު ފިލްމް "ބްރަހްމާސްތްރާ" އިންނެވެ. އޭގެ އިތުރުން ސަންޖޭ ދަތާއެކު ފިިލްމް "ޝަމްޝެރާ" ވެސް ކުރިއަށް އެބަ އޮތެވެ. 

އެގޮތުން ފިލްމް "ބްރަހްމާސްތްރާ"ގެ ތަރިންގެ ތެރޭގައި ހިމެނެނީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އަދި ދެކުނު އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ނާގަރްޖޫނާ އާއި މޯނީ ރޯނީ އެވެ. 

އާލިއާ އާއި ރަންބީރް އެކުގައި ފެނިގެންދާ އެ ފިލްމުގެ ކުދި ރޯލުތަކުން އަމީތާބް ބައްޗަން އާއި ޝާހްރުކް ހާން ވެސް ފެނިގެން ދާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް