ދީޕިކާ ވަނީ އޭނާާއާ ރަންބީރުގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ސަބަބު ވެސް ހާމަ ކޮށްފަ އެވެ. އެގޮތުން އޭނާ ބުނެފައި ވަނީ އެމީހުން މަސައްކަތުގައި ބިޒީކަމުން އެކަކު އަނެކަކަށް ވަގުތު ނުދެވުނީ ކަމަށެވެ.
ނަމަވެސް އޭރުގައި ރަންބީރު އޭނާއާ ރުޅިވުމުން ދީޕިކާ އެތަށް ދުވަހެއް ވަންދެން ހުއްޓާ ނުލައި ރުއިކަމަށް އޭނާ ކިޔާދިނެވެ.
އެ ދެމީހުން މިހާރު އެހެން ބައިވެރިންނާ އެކުގައި އުފަލުގައި ދިރިއުޅެމުންދާ ކަން ފާހަގަކުރަމުން ދީޕިކާ ބުނީ ރަންބީރު އޭނާއަށް ދިން "ލެސަންސް" ތަކަށް އޭނާ ޝުކުރުވެރިވާ ކަމަށެވެ.
އަދި އެ ގުޅުން ނިމުނު ފަހުން އޭނާ ވަނީ ކުރިއަށްވުރެ ހަރުދަނާ މީހަކަށް ވެފައި ކަމަށާއި އެކަމަށް ރަންބީރަށް ޝުކުރު އަދާކުރާ ކަމަށް ދީޕިކާ ވަނީ ބުނެފަ އެވެ.