ads
ނިއާ ޝަރްމާ
ނިއާ ވެސް ހުރީ ހުސްކޮށް
އިންޑިއާގެ ޓީވީ ސީރިީޒުތަކުން ބެލުންތެރިންގެ ތެރެއަށް މަޝްހޫރު ވެފައިވާ ނިއާ ޝަރްމާ ވަނީ ބޮލީވުޑުން ވެސް ޖާގަ ހޯދާފަ އެވެ.

އޭނާ އަކީ ބަތަލާއިންގެ ތެރެއިން ހޮވާލެވޭ ރީތި އަންހެންކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. އަދި އޭނާގެ ރީތިކަމުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާ އިރުގައި ނިއާގެ ބައިވެރިއަކަށް ވުމަށް ގިނަ ބަޔަކު އެދެ އެވެ.

ނިއާ ވަނީ އޭނާ ހުރީ ހުސްކޮށްކަން ހާމަކޮށްފަ އެވެ. ނަމަވެސް އޭނާގެ ހިތުން ޖާގައެއް ދެވެން ނެތް ކަމަށް ވެސް ނިއާ ވަނީ ބުނެފަ އެވެ.

ނިއާ ކިޔާދިންގޮތުގައި އޭނާ އަކީ ލޯބީގެގޮތުން އެހާ ކާމިޔާބު މީހެއް ނޫނެވެ. އަދި މިހާތަށް އޭނާ ރަށްޓެހިވެފައިވާ ގިނަ މީހުން އޭނާ އަށް ވަނީ ބޭވަފާތެރިވެފައި ކަމަށް ވެސް ނިއާ ބުނެ އެވެ.

އެހެންކަމުން އޭނާ މިވަގުތުގައި ހުސްކޮށް ހުރި ނަމަވެސް އޭނާގެ ހަޔާތުގެ ރާޖާގެ މާގާމަށް އެއްވެސް މީހަކަށް ދޭން އަދި ބޭނުން ނުވާކަމަށް އޭނާ ބުނެ އެވެ.

ނިއާ މަޝްހޫރު ވެފައިވަނީ ސްޓާ ޕްލަސްގެ އޭކް ހަޒާރޯމޭ މޭރީ ބެހެނާހޭ  ސީރީޒުން ނެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ އެކި ސީރީޒްތަކުގެ މުހިންމު ރޯލުތަކުން ފެނިފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް