ads
ޔުނައިޓެޑު ވިކްޓްރީ ޓީމު
ޔޫވީ އަނެއްކާވެސް ބަލިވެއްޖެ
ދިވެހި ޕްރިމިއަރ ލީގުގައި އެންމެ މެޗަކުންވެސް އަދި މިހާތަނަށް މޮޅު ނުވާ، ޔުނައިޓެޑް ވިކްޓްރީ އަނެއްކާވެސް ބަލިވެއްޖެއެވެ. ޔޫވީ މި ފަހަރު ބަލިވީ، ހޮނިހިރު ދުވަހު ހަވީރު ޓީސީ އަތުން ދެ ލަނޑު ސުން ލަނޑުންނެވެ.
Advertisement

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ޓީސީން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ އައްޒާމްއެވެ. މި ނަތީޖާއާ އެކު އެގާރަ މެޗުން ޓީސީއަށް ބާރަ ޕޮއިންޓް ލިބިފައިވާއިރު، ޔޫވީ އޮތީ ފުލުގައެވެ. ޔޫވީއަށް ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. ދިވެހި ލީގުގައި މިހާތަނަށް ޔޫވީ މި ސީޒަންގައި އެގާރަ މެޗު ކުޅެފައިވާއިރު އެންމެ މެޗަކުން ވެސް މޮޅުވެފައެއް ނުވެއެވެ. ޔޫވީއަށް އެގާރަ މެޗުން ވީހާވެސް ވަރަކީ އެންމެ ތިން މެޗު އެއްވަރުކޮށްލުމެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ޔޫވީއަށް މި އަހަރުގެ ދިވެހި ލީގުން ފުރުސަތު ދިނީވެސް ޔޫވީއަށްވުރެ ރަނގަޅު ނަތީޖާ މިދިޔަ އަހަރުގެ ލީގުގައި ހޯދި ފޯކައިދޫ ސްޕޯޓްސް ބޭރުކޮށްފައެވެ. މިދިޔަ ސީޒަންގައި ލީގުގައި ކުޅުނު ފޯކައިދޫއާ ނިލަންދޫއަށް މިއަހަރުގެ ލީގުން ފުރުސަތު ނުދޭން އެފްއޭއެމުގެ އާ އެކްސްކޯއިން ނިންމީ އަތޮޅުތެރޭގެ އެއްވެސް ޓީމަކަށް ދިވެހި ލީގުން ފުރުސަތު ނުދޭން ނިންމި ނިންމުމުގެ ތެރެއިންނެވެ. މި ނިންމުމުގެ ތެރެއިން ފޯކައިދޫއާ ނިލަންދޫ ލީގުން ބާކީކޮށް ފޯކައިދޫއަށް ވުރެ ފަހަތުން މިދިޔަ ލީގުގައި ނިންމި ޔުނައިޓޭޑް ވިކްޓްރީއަށް ފުރުސަތު ދިނީއެވެ.

މިދިޔަ އަހަރު ވެސް ލީގުގައި ވެސް ދަށް ނަތީޖާތަކެއް ނެރުނު ޔޫވީއަށް މި ސީޒަންގައި އަދި އެންމެ މެޗަކުންވެސް މޮޅެއް ނުވެއެވެ. ޔޫވީގެ ނަތީޖާތައް ދަށް ވުމުގެ ސަބަބުން އެ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމުގައި ސީޒަން ފެށުނު އިރު ހުރި މުހައްމަދު އާދަމްވަނީ މަގާމުން އިސްތިއުފާ ދީފައެވެ. މުހައްމަދު އާދަމް އިސްތިއުފާ ދިނުމުން މިހާރު ޔޫވީގެ ހެޑް ކޯޗަކަށް މަސައްކަތް ކުރަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ކުރިން އަދާކުރި އިހްސާން އަބްދުލްގަނީއެވެ. އިހުސާނު ހަވާލުވެގެންވެސް އަދި ޔޫވީއަކަށް މޮޅެއް ނުވެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް