ads
ތިމްޕޫގެ ބައެއް އޮފިޝަލުން މާލެއައުމުގެ ދަތުރު މަތީގައި
އޭއެފްސީ ކަޕް: ތިމްޕޫ ސިޓީ އެފްސީ މާދަމާ މާލެ އަންނަނީ
އޭއެފްސީ ޕްރިމިލިނަރީ ބުރުގައި ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުމަށް ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީ މާދަމާ މާލެ އަންނާނެއެވެ. ތިމްޕޫ މާދަމާ މާލެ އަންނާނީ އިންޑިޔާ މަގުންނެވެ.

ކްލަބު އީގަލްސްއާ ތިމްޕޫ ސިޓީ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު ރަސްމީ ބޯޅަ ދަނޑުގައެވެ. މި މެޗު ކުޅުމަށް މާލެއަށް އައުމަށްޓަކައި ތިމްޕޫ މިހާރު ތިބީ އިންޑިޔާގައެވެ. އިންޑިޔާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި އެ ޓީމުން އަންނަނީ ފަރިތަކުރަމުންނެވެ. ތިމްޕޫ ސިޓީ މާލެ އަންނާނީ މާދަމާ ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބޫޓާން ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން އޭއެފްސީ ކަޕް ކޮލިފައިންއިން ފުރުސަތު ހޯދި ހޯދި ތިމްޕޫ މީގެ ކުރިންވެސް ވަނީ އޭއެފްސީ ކަޕްގައި ކޮލިފައިންގައި މާލޭގައި ކުޅެފައެވެ. އެއީ ދެހާސް ސަތާރަވަނަ އަހަރުއެވެ. އެ އަހަރު ތިމްޕޫ ކުޅުނީ ރާއްޖޭގެ ކްލަބު ވެލެންސިޔާއާ ދެކޮޅަށެވެ. ވެލެންސިޔާއާ ދެކޮޅަށް ބޫޓާނުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މާލޭގައި ވެލެންސިޔާ އަތުންވަނީ ތިން ލަނޑު ސުން ލަނޑުން ބަލިވެފައެވެ. އެ ފަހަރާ ޚިލާފަށް މި ފަހަރު ކުޅޭނީ އެންމެ މެޗެކެވެ. އެހެންކަމުން ބުދަ ދުވަހު ކުޅޭ މެޗު އެއީ ނަތީޖާ ނެރެން ޖެހޭ މެޗެކެވެ.

އީގަލްސް އޭއެފްސީ ކަޕަށް ކޮލިފައިވީ މިދިޔަ ސީޒަންގެ ލީގުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ބުދަ ދުވަހު ތިމްޕޫއާ ދެކޮޅަށް ކުޅޭ މެޗަކީ އޭއެފްސީ ކަޕުގައި އީގަލްސްގެ ފުރަތަމަ ތަޖުރިބާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް