"ކައިޓް ފިން ޝާކް" ގެ ނަމުން ނަންދީފައިވާ މި ދިއްލޭ މިޔަރަކީ މިގޮތަށް ދިއްލޭ އަދި މަސްކާ އެންމެ ބޮޑު މަހުލޫގެވެ.
މި ފޮޓޯތައް އަންމުކޮށްފައިވަނީ ނިއުޒިލޭންޑުގެ ކެތޮލިކް ޔުނިވާސިޓީ އޮފް ލިއުވަން އިން އާންމު ކުރި ދިރާސާއެއްގައެވެ.
މި ދިރާސާގައި ބުނެފައިވާގޮތުން މިޔަރުގެ 540 ބާވަތުގެ ތެރެއިން 57 ބާވަތަކަށް އަނދިރީގައި ދިއްލުމުގެ ގާބިލުކަން ލިބިފައިވެއެވެ.
ނަމަވެސް ބައެއް މިޔަރުން އަލި އުފައްދަނީ ވަރަށް ފަނޑުކޮށް ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ. އެގޮތުން ސައިންސު ވެރިން ފޮޓޯ ނެގި މިޔަރަކީ ވެސް ފަނޑު އައްޔަކުން ދިއްލޭ މިޔަރެކެވެ.
މި ބާވަތުގެ މިޔަަރަކީ 900 މީޓަރާއި 200 މީޓަރާއި ދެމެދު ކަނޑު އަޑީގައެވެ.
ސައިންސުވެރިން ފޮޓޯ ނެގި ދިއްލޭ މިޔަރު