ads
ކައިޒީންގެ ބާތްޑޭ ފޮޓޯއެއް
ކައިޒީންގެ "ބާތްޑޭ ގާލް" ވީޑިއޯ ދެކުނިންތަ؟
ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރު މޮޑެލް ކައިޒީންގެ އުފަންދުވަސް މިދިޔަ މާޗުމަހުގެ 30 ވަނަ ދުވަހުގައި އޭނާ ވަނީ ދުބާއީގެ ބުރުޖު ހަލީފާގައި ފާހަގަކޮށްފަ އެވެ.

ކައިޒީންގެ އާއިލާއާއި އެކުގައި އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، އެދުވަހު ކައިޒީން ވަނީ އޭނާގެ މި އަހަރުގެ އުފަންދުވަހުގެ ހާއްސަ ފޮޓޯތަކެއްވެސް އިންސްޓާގްރާމްގައި ހިއްސާކޮށްފަ އެވެ.

ދުބާއީގައި ކުލަގަދަކޮށް އުފަން ދުވަސް ފާހަގަކޮށްފައިވާ ފޮތޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައިރު، ކައިޒީން ވަނީ އޭނަގެ ޓިކްޓޮކްގައި އޭނަގެ "ބާތްޑޭ ގާލް" ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ. 


މި ވީޑިއޯއިން ކައިޒީން ދުބާއީގަ ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ބްރުޖް ހަލީފާގައި އޭނަގެ އުފަންދުވަސް ފާހަގަކުރާ މަންޒަރުތައް ފެނިގެންދެއެވެ. 

ބުރިޖް ހަލީފާގެ ހިތްގައިމު މާހައުލުން، ރާއްޖޭގެ މަޝްހޫރު ޑިޒައިނާ ރިއްފަތު ތައްޔާރުކޮށްފައިވާ ވިދާ ރިހި ކުލައިގެ ހެދުމެއް ލައިގެން ކައިޒީން ހުރިއިރު ވީޑިއޯއިން ކައިޒީން ފެންނަނީ "ހޫރް ޕަރީއެއް" ފަދައިންނެވެ. 

ކައިޒީންގެ ނަން ރަމްޒުކޮށްދޭ ގޮތަށް "ކޭ" އަކުރު ޖަހާފައިވާ ބޮޑު ކޭކު ފަޅާ މަންޒަރުގެ އިތުރުން އާއިލާއާއިއެކު އެދުވަސް ފާހަގަކޮށްފައިވާ ގޮތްވެސް އެ ވީޑިއޯއިން ފެނިގެންދެއެވެ. މި ވީޑިއޯއަށް 3000އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، 540 މީހުން ވަނީ މި ވީޑިއޯ ޝެއާވެސް ކޮށްފައެވެ

ކައި އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރް މޮޑެލެއެވެ. ކައިގެ އިންސްޓަގްރާމްގައިވެސް އެއްލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު ކައިގެ ޕޯސްޓުތަކަކީ ކުޑަ ސިކުންތެއް ތެރޭ ވައިރަލް ވެގެންދާ ޕޯސްޓްތަކެކެވެ. ޓިކްޓްކޮގައިވެސް ކައިޒީންގެ 21 ހާހަށްވުރެ ގިނަ ޕްލޯވާސް ތިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް