ads
އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލައިފި
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލައިފިއެވެ.

މިހާލަތު ދިގުދަންމާލިކަން އައްގާ އެޗްޕީއޭއިން ބުނެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތުމުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، މިއަހރުގެ 12 މާރިޗު އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު،4 އެޕްރީލްގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. 

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއެކުރައްވައި ގެޒެޓުކޮށްފައިވާ އެންގުމުގައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، 12 މާރިޗު 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުއަށް ދިގުދަންމާލާ ، ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅާންޖެހޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100އިން މަތީގައި އުޅޭއިރު މިހާލަތު އެންމެ ގޯސްވެފައިވަނީ މިހާރު އަތޮޅުތެރޭގައެވެ. އެހެންނަމަވެސް މިފަހުން އެޗްޕީއޭއިން ވަނީ މާލޭ ސަރަަހައްދުގެ ކާފިއު އުވާލާ ފިޔަވަޅުތަކަށް ލުއިތައްވެސް ދީފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް