އެގޮތުން 70 އަދި 90ގެ އަހަރުތަކުގެ މަޝްހޫރުވި ތަރިންކަމުުގައިވާ ރޭކާ އާއި މަދޫރީ ޑިކްސިޓްވެސް މިއީ މި ލިސްޓުގައި ފާހަގަކޮށްލެވޭ ތަރިންނެވެ.
މިހާރު ރާއްޖޭގެ ރިސޯޓެއްގައި ފިރިމީހާއާއިއެކު ޗުއްޓީ ހޭދަކުރަމުންދާ މަދޫރީގެ އިންސްޓަގްރާމްގަ ޕޯސްޓް ކުރަމުންދާ ފޮޓޯތައް ބަލާފައިވެސް އެންމެ ގިނަ ބަޔަކު ކުރާ ސުވާލަކީ މިއެވެ.
ކައިވެންޏެއް ކޮށް ދެ ދަރިންވެސް ހުރި މަދޫރީ އުފަންވެފައިވަނީ 1967ވަނަ އަހަރުގެ މޭ މަހުގެ 15ވަނަ ދުވަހުއެވެ. މިއަހަރު 54 އަހަރު ފުރޭ މަދޫރީ މިފަހުން ރާއްޖެ އައިސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލައިލުމުން 25 އަހަރުގެ ބޮލީވުޑް ޒުވާންތަރިންނަށް ދުލެއް ނުކުރެއެވެ. ހެނދުން އެޅުމުގައިވެސް ހަމަ އެފަދައެވެ.
ގިނަ ބަޔަކު ބުނާގޮތުން މަދޫރީ މިއުމުރުގައި ވެސް އެހާ ޅަކޮށް ފެންނަ އެއް ސަބަބަކީ އޭނަ ހަދާފައިވާ ސާޖަރީތަކެވެ. އުމުރުން 50އިން މަތިވުމުންވެސް އަދިވެސް އެހާ ޒުވާންކޮށް ފެންނަނީ އެހެންވެ ކަމަށް ގިނަބަޔަކު ބުނެއެވެ. މަދޫރީ ވަނީ ތުންފަތުގެ އަދި ނޭފަތުގެ ސާޖަރީއެއްވެސް ހަދާފައި ކަމަށާއި އަދި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްވެސް ގިނަ ސާޖަރީތަކެއް ހަދައިފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެެވެ. އެހެންނަމަވެސް އަދި މިހާތަނަށް މަދޫރީ އެކަމަށް އެެއްބަސްވެފައެއް ނުވެއެވެ.
ދެން އޮތީ 70ގެ އަހަރުތަކުގެ މަޝްހޫރް ތަރި، އުމުރުން 66 އަހަރުގެ ރޭކާގެ ވާހަކައެވެ. 1954ވަނަ އަހަރުުގެ އޮކްޓޫބަރު 10ވަަނަ ދުވަހު އުފަންވި ރޭކާ އަކީ މިހާރުވެސް ފިލްމްތަކުގެ ޑިމާންޑްތައް އަންނަ ތަރިއެކެވެ. އަދި 66 އަހަރުވެފައި ވިޔަސް އަދިވެސް ރޭކާއަށް ބޯލްޑް ރޯލްތައް ކުޅުމުގެ ފުރުސަތު ލިބޭކަމަށް ރިޕޯޓްތައް ބުނެއެވެ. ރޭކާ މަޝްހޫރް ވެފައިވަނީ އޭރު ބޮލީވުޑްގައި ފުރަތަަމަ ފެޝަންކޮށް ހެނދުން އަޅަން ފެށި "ބޯލްޑް" ތަރިއެއްގެ ގޮތުންނެވެ.
މިހާރު 66 އަހަރު ވެފައި ވާއިރުވެސް އޭނާގެ ހެދުން އެޅުމުގެ ސްޓައިލަކީ ގިނަ ބަޔަކު ފޮލޯކުރާ ސްޓައިލެެކެވެ. 66 އަހަރު ވީއިރުވެސް ކައިވެންޏެއް ނުކުރާ ރޭކާ އަދިވެސް ހީވަނީ ހަމަ 30ގެ އަހަރުތައް ގުނާހެން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެއީ އޭނަގެ ހަންގަނޑުގެ ރީތިކަމާއި 66 އަހަރުގައިވެސް ހަންގަނޑުގެ އޮމާން ކަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޢޭނާވެސް ވަނީ ރީތިކޮށް ހުރުމަށް އެކި ފަހަރު މަތިން ސާޖަރީތައް ހަދާފައެވެ.