ads
މާލް ޒުކަބާގް
ލީކްކޮށްލި 500 މިލިއަން މީހުންގެ މައުލޫމާތުގެ ތެރޭގައި ޒުކަބާގްގެ ފޯން ނަމްބަރު
ހޯމަ ދުވަހު ލީކްކޮށްލި 500 މިލިއަން ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތުގެ ތެރޭގައި ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގްގެ ނަމްބަރުވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސައިބާ ސެކިއުރިޓީ އެކްސްޕާޓެއް ކަމުގައިވާ ޑޭވް ވޯކާ ވަނީ ލީކްކޮށްލި މައުލޫމާތުތަކުގެ ތެރެއިން ޒުކަބާގްގެ އިތުރުން ފޭސްބުކްގެ ކޯ ފައުންޑަރުންގެ ތެރޭ ހިމެނޭ ކްރިސް ހަކްސް އަދި ޑަސްޓިން މޮސްކޮވިޓްޒްގެ މައުލޫމާތުވެސް ހިމެނޭ ކަމަށް ބުނެފައެވެ. 

ނަމަވެސް ޑޭޓާ ލީކްއާ ގުޅިގެން ފޭސްބުކްގެ ތަރުޖަމާނު ބުނެފައިވަނީ ލީކްކޮށްލި ކަމަށް ބުނާ މައުލޫމާތަކީ 2019 ވަނަ އަހަރުތެރޭ ހިންގި ޑާޓާ ލީކްގެ މައުލޫމާތުތައް ކަމަށެވެ. ނަމަވެސް މާކްގެ މައުލޫމާތު ލީކްވެފަވޭތޯ ކުރި ސުވާލަށް ތަރުޖަމާނު ޖަވާބެއް ދީފައެއް ނުވެއެވެ.

106 ގައުމަކުން ފޭސްބުކް ބޭނުންކުރާ 533 މިލިއަން މީހުންގެ މައުލޫމާތު ލީކްކޮށްފައިވެއެވެ. އޭގެ ތެރޭގައި އެމީހުންގެ ފޯނު ނަންބަރާއި އީމޭއިލްގެ އިތުރުން އުފަންތާރީހް ފަދަ މައުލޫމާތު ވެސް ހިމެނޭ ކަމަށްވެއެވެ. މައުލޫމާތު ނެގި އަދަދު އިނގޭނެ ގޮތަށް ލިސްޓެއް އާންމުކޮށްފަވާއިރު، އެ ލިސްޓުގެ 68 ވަނައިގަ އޮތީ ރާއްޖެ އެވެ. ރާއްޖެއަށް ނިސްބަތްބާ 86،336 މީހުންގެ މައުލޫމާތު ލީކްކޮށްފައިވާކަމަށް އެ ލިސްޓުގައި ވެއެވެ.

އިޒްރޭލުގެ ސައިބާ ކްރައިމް އިންޓަލިޖެންސް ފާމަކުން ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހެކަރުން މައުލޫމާތު އެއްކުރަމުން ގެންދިޔަ ކަމަށެވެ. 

މިފަދަ މައުލޫމާތުތަކެއް ލީކުވެއްޖެނަމަ، ހެކަރުންނަށް ބޮޑެތި ފަސޭހަތަކެއް ވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް