ގްރީންއާ ދަގްރާންޑޭގެ މެޗުގައި ދަ ގްރާންޑޭގެ ދެކުޅުންތެރިއަކަށް ރަތްކާޑު ދެއްކިއެވެ. އެހެންކަމުން ދަ ގްރާންޑޭ މި މެޗުގެ ބޮޑު ބައެއް ކުޅުނީ ދެ ކުޅުންތެރިން މަދުކޮށެވެ. ދަގްރާންޑޭ ކޮޅަށް ގްރީނުން ޖެހި ދެ ލަނޑު ޖެހީ، ހަސަން ނަޒީމް ގާސިމް އަދި މުހައްމަދު ރިސްވާންއެވެ. ފުރަތަމަ ލަނޑު ހަސަން ނަޒީމް ޖެހީ ފުރަތަމަ ހާފުގައެވެ. އަދި ދެވަނަ ލަނޑު ރިސްވާން ޖެހީ ދެވަނަ ހާފުގައެވެ. ރިސްވާނަކީ މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ.
ދަ ގްރާންޑޭ އަތުން ހޯދި ތިން ޕޮއިންޓާ އެކު ގްރީންވަނީ ޓޭބަލްގެ ތިންވަނައަށް އަރާފައެވެ. އެއީ އެގާރަ މެޗުން ސަތާރަ ޕޮއިންޓާ އެކުއެވެ. ދަ ގްރާންޑޭ އޮތީ ހަތަރުވަނައިގައެވެ. އެއީ އެގާރަ މެޗުން ސޯޅަ ޕޮއިންޓާ އެކުއެވެ.