މިއީ ގދ ފިޔޯރީގައި މިއަދު ހިނގި ހާދިސާއެކެވެ.
މިއަދު އިރު އެރި އިރު ދެ ފުރޮޅު ފުލުހުންގެ ފާރުގައި ލައްގާފައިވާއިރު، ދެ ފުރޮޅު ވެސް ބައިސްކަލުގެ ވެރިފަރާތާއި ހަވާލުކޮށްދިނުމަށް ނޯޓުގައި އެދިފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ބައިސްކަލަކީ މީގެ 8 އަހަރު ކުރިން ވަގަށް ނަގާފައިވާ ބައިސްކަލެކެވެ. އަދި މި ފުރޮޅު ފުލުހުންގެ ފާރުގައި ލައްގާފައި ހުއްޓާ އެރަށު ރައްޔިތުންނަށް ފެނުނީ މިއަދު ހެނދުނުއެވެ. އެހެންކަމުން އެއީ ރޭ މެންދަމު ކުރިކަމެއްކަމަށް ބެލެވޭކަމަށް އެރަށު މީހަކު ބުންޏެވެ.