ads
ސަފާ ޝަރީފް: ފޮޓޯ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު
ޕޮލިސް ބޯޑަށް ސަފާ އައްޔަނުކޮށްފި
ޕޮލިސް ބޯޑަށް ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް ސަފާ ޝަރީފު ހަމަޖައްސަވައިފިއެވެ.

ސަފާ އަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.  

ސަފާ އައްޔަނު ކުރަން މަޖިލީހުގެ ޖަލްސާގައި މިއަދު ބައިވެރިވި މެމްބަރުންގެ ތެރެއިން 34 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. އެއްވެސް ކޮޅަކަށް ނުޖެހި އެއް މެމްބަރު ވޯޓު ދެއްވިއެވެ. 

ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އެ ހަ ބޭފުޅުންނާ ވެސް އިންޓަވިއު ކުރި ކަމަށެވެ. އަދި ސަފާގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްވީ ކޮމެޓީގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަގުލަބިއްޔަތަކުން ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ދެ މެމްބަރު އައްޔަންކުރަން ޖެހެ އެވެ. އެގޮތުން އެއް މެމްބރަކަށް އައްޔަނުކޮށްފައިވަނީ މަޖިލީހުގެ ހެންވޭރު ދެކެނު ދާއިރާ ކުރީގެ މެންބަރު ހާމިދު އަބްދުލްގަފޫރެވެ. 

ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކުރީ މިދޔަ އަހަރުއެވެ. އެގާނޫނުގައި ވާގޮތުން ފުލުހުންގެ ގާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ގާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހެއެވެ. 

އެ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ދެ މެންބަރުންނެވެ.

މި ބޯޑުގެ މަސްއޫލިއްޔަތުގެ ތެެރޭގައި ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ގާނޫނީ ބާރު އެ ބޯޑަށް ލިބިދެއެވެ. އަދި ބޯޑު އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ފުލުހުންގެ ބޯޑުން ބަލާއި އެ ފަރާތްތައް މަގާމުން ދުރުކުރުމާއި މެދު ގޮތެއް ނިންމަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް