ads
ޓެކްސީއެއް
ފަސިންޖަރުންގެ ހުއްދަ ނެތި ޓެކްސީ ތަކުގައި ލަވަ ޖެހުން މަނާ ކޮށްފި!
ފަސިންޖަރުންގެ ހުއްދަ ނެތި ޓެކްސީ ތަކުގައި ލަވަ ނުޖެހޭ ގޮތަށް ތެކްސީ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

އެގޮތުން ޓެކްސީ ތަކާއި ސެންޓަރު ގުޅާލުމަށް ބޭނުން ކުރެވޭ މުއާސަލާތީ ވަސީލަތް ފިޔަވައި އަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލަތެއް ރޭޑިޔޯ، ޓީވީ، ލަވަޖަހާ ސެޓު ނުވަތަ މިނޫން ވެސް މި ބާވަތުގެ އެއްވެސް އެއްޗެއް ޓެކްސީގައި ބޭނުންކުރަންވާނީ، ފަސިންޖަރުންގެ ރުހުން ލިބިގެން ކަމަށާއި، މިނޫން ގޮތަކަށް މިފަދަ ތަކެތި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް ވެސް ގަވައިދުގައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފައި ވަނީ ޓެކްސީ ސެންޓަރުތަކާއި ޓެކްސީތައް ގުޅާލެވޭނެ ނިޒާމެއް ހަރުކުރެވިފައި ހުންނަން ވާނެ ކަމަށާއި، އަދި އެ ވަސީލަތަކީ ސަރުކާރުން ހުއްދަ ނަގަން ޖެހޭ އެއްޗެއް ނަމަ ހުއްދަ ނެގުމަށްފަހު އެކަން އެ މިނިސްޓްރީއަށް ހުށަހަޅަން ވާނެ ކަމަށެވެ. 

އަދި މިފަދަ މުއާސަލާތީ ހިދުމަތެއް ބޭނުން ކުރާއިރު މުޖްތަމައުގައި ބަލައި ނުގަނެވޭނެ ފަދަ ބަސްތައް ބޭނުން ކޮށްގެން ނުވާނެ ކަމަށް ވެސް މި ގަވައިދުގައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް