ads
އަލީ އާދަމް -- ސަން ފޮޓޯ
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ނައިބަކަށް މަރުގެ އިންޒާރު ދީފި
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމް އަށް މަރުގެ އިންޒާރު ދީފައިވާކަމަށް އޭނާ ބުނެފިއެވެ.

އޭނާއަކީ ޕީޕީއެމްގެ ކައުންސިލް މެންބަރު ކަން ވެސް ކުރައްވާ ބޭފުޅެކެވެ. 

އޭނާ މިއަދު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާއަށް ގުޅައި މަރާލާނެކަމަށް ބުނެފައިވަނީ ހދ. ކުމުންދޫ އަށް އަރައިފި ނަމަ ކަމަށެވެ. 

"އަޅުގަނޑު މި ހުރީ މިހާރު ވެސް ކުމުންދޫގަ. ޝަހާދު މަތީގަ. މަރާލައިފި ނަމަ ސުވަރުގެ ތަންކޮޅެއް ކައިރިވާނެ،" - އަލީ އާދަމް-

ޓްރިވެންޑްރަމް ކޮންސިއުލޭޓުގައި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެނާ ވަނީ ކޮންސުލް މަގާމުވެސް ފުރުއްވާފައެވެ. 

މަރުގެ އިންޒާރު ދިނީ އޭނާގެ ސްޕޮންސާއެއްގެ ދަށުން، ކުމުންދޫގައި ރައީސް ސާލިހާއި، މަކުނުދޫ ދާއިރާގެ މެންބަރު ރާއީގެ ފޮޓޯ ހުރި ބިނާއެއް ކުމުންދޫގައި އޭނާގެ ސްޕޮންސާގެ ދަށުން ހަދަމުން އަންނައިރު، އެއީ ސަރުކާރުން ތައްޔާރުކުރާ ބިނާ އެއްކަމަށް ބަޔަކު ދެއްކުމަށް މަސައްކަތް ކުރާކަމަށް އޭނާ ފޭސްބުކްގައި ބުނުމުން އެކަމާއި ހިތްހަމަނުޖެހިގެން ކަމަށް މިއަދު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި އޭނާ ވަނީ ވިދާޅުވެފައެވެ. 

އާދަމް އަށް މަރުގެ އިންޒާރު ދިން މައްސަލަ ވަނީ ފުލުހުންހުށަހަޅާފައެވެ. އަދި އެ މައްސަލަ ރެޖިސްޓާ ވެއްޖެކަމަށް ބުނެ ފުލުހުން މެސެޖުކޮށްފައިވާކަމަށް ވެސް އޭނާ ވަނީ މިއަދު ހާމަކޮށްފައެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް