ads
ލަންކާ ފުލުހުންނާއި ސިފައިން--
ލަންކާގައި އުޅޭއިރު ސަމާލުވުމަށް އަނެއްކާވެސް އަންގައިފި
ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި، އެގައުމަށް ދަތުރު ކުރާ ދިވެހިންގެ އަތުގައި ކާކުކަން އަންގައިދޭ ލިޔުމެއް ހުރިހާ ވަގުތެއްގައި ވެސް ބޭއްވުމަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީން އަނެއްކާވެސް އަންގައިފި އެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި، އެގައުމަށް ދަތުރު ކުރާ ދިވެހިންގެ އަތުގައި ކާކުކަން އަންގައިދޭ ލިޔުމެއް ހުރިހާ ވަގުތެއްގައި ވެސް ބޭއްވުމަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީން އަނެއްކާވެސް އަންގައިފި އެވެ.

ލަންކާގައި އުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންގެ ސްޓޭޓަސް ބެލުމަށް އެގައުމުގެ އިދާރާތަކުން މި ދުވަސްކޮޅު ދަނީ އެމީހުންގެ ޕާސްޕޯޓާއި ވިސާގެ ކަންކަން ބަލަމުންނެވެ.

އެގޮތުން ޕާސްޕޯޓާއި ވިސާގެ މައްސަލަ ޖެހުނު 12 ދިވެއްސަކު މި ހަފްތާގެ ކުރީކޮޅު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އެކަކުގެ ވިސާގެ މުއްދަތު ހަމަވެ، ނުވަ މަސްވެފައި ހުރުމުގެ ސަބަބުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ދީފަ އެވެ. ދެން ތިބި އެންމެން ދޫކޮށްލިއިރު، ދެ މީހަކު ދޫކުރީ ކަފާލާތުގެ ދަށުންނެވެ.

އެކަމާއި ގުޅިގެން އިއްޔެ ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ހުރިހާ ވަގުތެއްގައި ވެސް ކާކުކަން އަންގައިދޭ ލިޔުމެއް އަތުގައި ބޭއްވުން މުހިއްމު ކަމަށެވެ.

ލަންކާގައި އުޅޭ ދިވެހިންނާއި، ތަފާތު އެކި ބޭނުމުގައި އެގައުމަށް ދަތުރު ކުރާ މީހުން ދުރާލާ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވޭތޯ ބަލައި، ހަމަވުމުގެ ކުރިން ވިސާގެ ކަންކަން ހަމަޖެއްސުމަށް ވެސް އެމްބަސީން ހަނދާންކޮށްދީފައި ވެއެވެ.

ލަންކާގައި ދިވެހިން އުޅޭއިރު، ބޭރަށް ނިކުންނަ ހުރިހާ ވަގުތެއްގައި ވެސް ޕާސްޕޯޓް ނުވަތަ އިދާރާއެއްގައި ޕާސްޕޯޓް އޮތް ކަމުގެ ރަސީދު ގެންގުޅެއް އެމްބަސީން ވަނީ އަންގާފަ އެވެ.

ވިސާ ނެތި ލަންކާގައި އުޅޭ ދިވެހިންގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރު އެގައުމުގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކަށް ފަހު ހިންގި ސެކިއުރިޓީ އޮޕަރޭޝަންތަކުގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް