ކެޔޮދޫ ސްކޫލްގެ ތިން ކްލާސްރޫމް އަދި އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރީމަންޓްގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.
ސްކޫލްގެ މަސައްކަތް 177 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު އެމަޝްރޫއު 4.39 މިލިއަން ރުފިޔާއަށް ހަވާލުކުރެވިގެން ދިޔައީ ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިނިސްޓްރީން ބުުނީ، އުއްމީދުކުރަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައި މިމަސައްކަތް މުޅިން ނިމޭނެ ކަމަަށެވެ.
މި އެއްބަސްވުމުގައި، މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެކްޒެކެޓިވް ނައުޝާދު އިބްރާހީމްއެވެ. އަދި ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން އަހުމަދު އެވެ.