ބޮލީވުޑުގެ މަޝްހޫރު ތަރި، އަރުޖުން ރަމްޕަލުގެ މަންމަގެ މަރަށް މިއަދު މިވަނީ އެއް އަހަރުވެފަ އެވެ. އެެހެންވެ އެހަނދާންތައް އާކޮށް އަރުޖުން މިވަނީ އަސަރުގަދަ ޕޯސްޓެއް ވެސް ކޮށްފަ އެވެ.

Advertisement
ބޮލީވުޑުގެ މަޝްހޫރު ތަރި އަރުޖުން ރާމްޕަލުގެ މަންމަގެ މަރަށް މިއަދު މިވަނީ އެއް އަހަރުވެފަ އެވެ. އެެހެންވެ އެހަނދާންތައް އާކޮށް އަރުޖުން މިވަނީ އަސަރުގަދަ ޕޯސްޓެއް ވެސް ކޮށްފަ އެވެ.
ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ އަހަރުގެ ދިވާލީގައި އަރުޖުންގެ މަންމަ މަރުވިިއިރު އޭނާ މިވަނީ އެ ހިތްދަތި ހަނދާންތައް އާކޮށްފަ އެވެ. އެގޮތުން އޭނާގެ ހިތުގައި އަބަދުވެސް މަންމަވާނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް މަންމަގެ ހަނދާންތައް އާވާކަމަށް ބުނެފައިވެ އެވެ.
މަންމަ ދުނިޔޭގައި ނެތްނަމަވެސް އެހަނދާންތަކާ އެކު އޭނާ ދިރިއުޅެމުން އަންނައިރު އަރުޖުން ވަނީ މަންމަ ދެކެ ވަރަށް ލޯބިވާ ކަމަށްވެސް ބުނެފަ އެވެ.
ކުރިން އަރުޖުން ވަނީ ބޮލީވުޑުގެ ޕްރޮޑިއުސަރު މެހެރް ޖެސިކާއާ ކައިވެނިކޮށްފަ އެވެ. ވިހި އަހަރު އެކުގައި އުޅުމަށް ފަހު އެމީހުން ވަކިވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ކައިވެންޏަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނެވެ.
އޭގެ ފަހުން މޮޑެލްއަކާ އަރްޖުން ލޯބީގެ ގޮތުން ގުޅިފައިވާއިރު އެމީހުންނަށް ވަނީ ދާދިފަހުން ފިރިހެން ކުއްޖަކުވެސް ލިބިފަ އެވެ. އަރްޖުން އާއި ގަބްރިއެއްލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް އެކަން އިއުލާނުކުރީ މިއަހަރުގެ ލޯބިވެރިންގެ ދުވަހު އެވެ.