މިފަދަ ގޮތަކަށް ގަޑިތައް ހަމަޖެއްސީ، މާލޭސިޓީގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސް ދެއްވުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ލޮނުޒިޔާރަތް ޕާކާާއި ސަލްޓަން ޕާކް ހަވީރު 16:00 އިން 17:45 އަށް، އަދި ރޭގަނޑު 21:00 އިން 23:00 އަށް ހުޅުވިފައި ހުންނާނެއެވެ.
ނަމަވެސް އެހެނިހެން ޕާކުތަކާއި މައިޒާންތައް ކުރިއެކޭވެސް އެއްގޮތަށް ހުޅުވިފައި ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.