މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މިަދު އެމްޓީސީސީ އާއި ހަވާލު ކުރެވިފައި ވާއިރު، 280 ދުވަހުގެ މުއްދަތު ތެރޭގައި މި މަސައްކަތް ނިންމަން ވަނީ އެއްބަސް ވެފައެވެ.
ވެލިދޫގައި ދޯނި އެހެލާ ސަރަހައްދެއް ހެދުމުގެ މަޝްރޫއަށް 18.2 މިލިއަން ރުފިޔާ ހަރަދު ވާނެއެވެ.
މި މަޝްރޫއުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ތަކުގެ ތެރޭގައި ދޯނި އެހެލާ ސަރަހައްދެއް ހެދުމާއި، 254.56 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 17،768 އަކަ މީޓަރުގެ ބިން ހިއްކުން ހިމެނެއެވެ. އަދި ވެލިދޫގައި ކުރިން ހިއްކާފައިވާ ސަރަހައްދުގެ ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ކުރިއަށް ގެންދާނެއެވެ.